ދިއްލީގެ ގޮވުން: 13 މީހުން މަރުވެއްޖެ

ދިއްލީގެ ގޮވުމުގައި 13 މީހުން މަރުވެފައިޥާ ކަމަށް ފުލުހުން ބުނެއެވެ.

އިންޑިއގެ ދާޚިލީ ވަޒީރު ވަނީ ގޮވުން ހިނގި ސަރަހައްދަށް ވަޑައިގެންފައެވެ.

ގޮވުން ގޮވި ސަރަހައްދުން ބަޑީގެ ވަޒަނެއް ފެނިފައި ވެއެވެ.

ގޮވާފައި ވަނީ އުޅަނދުގެ ފަހަތު ބައިގައެވެ. އެ އުޅަނދުގައި ތިން މީހުން ތިއްބެވެ.

ދިއްލީއާއި ހުރިހައި ބޮޑެތި ސިޓީތަކުގައި ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައެވެ.

އިންޑިއާގެ ސިޔާސީ ލީޑަރުން ވަނީ މި ހާދިސާއަށް ހަމްދަރްދީ ފާޅު ކުރައްވާފައެވެ. އިންޑިއާގެ ބޮޑު ވަޒީރު ވެސް ވަނީ މިކަމާ ބެހޭ މައުލޫމާތު ސާފު ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!