އިންޑިއާގެ 2026ގެ ހައްޖުގެ ކޯޓާ 175،025 އަށް އަރާކަން އިންޑިއާއިން ބުނެފިއެވެ. އިންޑިއާގެ މައިނޯރިޓީ އެފެއާޒް މިނިސްޓަރު ކިރެން ރިޖީޖޫ ވަނީ ޖިއްދާގައި އިންޑިއާގެ ހައްޖު ކޯޓާގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
މިދިޔަ ހަފްތާގައި އޭނާ ވަނީ ސައުދީ އަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ. އެ ދަތުރުފުގައި ޠާއިފްއަށް ވަޑައިގެން އައްސާދް މިސްކިތާއި އިބްނު އައްބާސް މިސްކިތަށް ޒިޔާރަތް ކުރައްވައި އެތަންތާނގެ ފޮޓޯތައް މީސްމީޑިއާގައި ހިއްސާ ކުރެއްވިއެވެ.
އަދި ޖިއްދާގައި ސައުދީ އަރަބްގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ތައުފީގު ބިން ފައުޒާން އަލްރަބިއާއާ އެކު މަޝްވަރާތައްވެސް ބާއްވަވާފައި ވެއެވެ.
މި މަޝްވަރާތަކުގައި ސައުދީ މިނިސްޓާ ވަނީ ޙައްޖު ދަތުރުގެ ތަޖުރިބާ އޮމާންކަމާއި އަރާމުކޮށް ކުރިއަށް ގެންދިއުމަށްޓަކައި ސައޫދީން ވަސީލަތްތައް ރަނގަޅުކޮށްފައިވާ ގޮތާއި، ދަތުރުފަތުރާއި، އެކޮމޮޑޭޝަން، އަދި ސިއްހީ ޚިދުމަތްތައް ރަނގަޅުކުރުމަށް ކމޮށްފައިޥާ މަސައްކަތުގެ މައުލުމާތު ހިއްސާ ކުރައްވާފައެވެ.







