ލަވްރޮވް އިންޑިއާގެ ޚާރިޖީ ވަޒީރާ މޮސްކޯގައި ބައްދަލުކުރައްވާނެ

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޮވް، އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރާ މޮސްކޯގައި ނޮވެމްބަރު 17 ގައި ބައްދަލުކުރައްވާނެ ކަމަށް ރަޝިއާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ. މި ބައްދަލުވުން އޮންނާނީ އިންޑިއާގެ ވަޒީރު ޖަޔަޝަންކަރު، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރަޝިއާއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެންނެވެ.

އެސް.ސީ.އޯ ގެ ބައްދަލުވުން އޮންނާނީ ނޮވެމްބަރު 17 އިން 18 އަށެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މަޝްވަރާތަކުގައި މިހާރާއި އަދި މުސްތަޤްބަލުގެ ސިޔާސީ އެއްބާރުލުން އިތުރުކުރުމާ ގުޅޭ މުހިންމު ކަންތައްތައް ވަޒަންކުރައްވާނެއެވެ. މީގެ އިތުރުން، އެސް.ސީ.އޯ، ބްރިކްސް، އ.ދ. އަދި ޖީ20 ފަދަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ ތެރެއިން އެއްބާރުލުން ދިނުމާއި، މުހިންމު ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާނެއެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚާރޯވާ ވިދާޅުވީ، މި ދަތުރުފުޅާ ގުޅިގެން އިތުރު ބައްދަލުވުންތައް އިންތިޒާމުކުރަމުންދާ ކަމަށާއި، އެކަމުގެ ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށެވެ. މި ބައްދަލުވުމަކީ ޔޫކްރެއިން އަދި މެދުއިރުމަތީގެ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ ސިޔާސީ ހަމަތަކަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި، ރަޝިއާއިން އިންޑިއާއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!