މެލޭޝިއާގެ 80 ބިލިއަން ޑޮލަރުގެ ފަޅު ސިޓީ

މެލޭޝިއާގެ ދެކުނުގައި އޮންނަ ފޮރެސްޓް ސިޓީއަކީ 2016 ވަނަ އަހަރު ޗައިނާގެ ޑިވެލޮޕަރު ކައުންޓްރީ ގާޑަން އިން ބިނާކޮށްފައިވާ ސިޓީއެކެވެ. ގާތްގަނޑަކަށް 80 ބިލިއަން ޕައުންޑް ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 7 ލައްކަ މީހުންނަށް ދިރިއުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ.

މިއަދު ސިޓީ އޮތީ މުޅިންހެން ފަޅުކޮށެވެ. އެތަނުގައި ދިރިއުޅެނީ އެންމެ 9،000 އެއްހާ ރައްޔިތުންނެވެ. ގިނަ އެޕާޓްމަންޓްތަކާއި ފިހާރަތަކާއި މަގުތައް ހުންނަނީ ހުސްކޮށެވެ.

މިސިޓީއަށް ފަޅުކަން ވެރިވީ 2017 ވަނަ އަހަރު ޗައިނާއިން އާ އިންވެސްޓްމެންޓްތަކާއި ކެޕިޓަލް ކޮންޓްރޯލްތަކެއް ތައާރަފް ކުރުމުގެ ސަބަބުންނެވެ. އޭގެ ސަބަބުން އިންވެސްޓްމަންޓް ތައް މަދުވިއެވެ. އަދި ބޭރަށް ބަދަލުވާން ބޭނުންވި ޗައިނާ މީހުން ކޮންޓްރޯލު ކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުނެވެ. އަދި ސިޓީގެ މަސައްކަތުން ނިމުނީ ގާތްގަނޑަކަށް 15 ޕަސެންޓް އެކަންޏެވެ.

Inside the Empty Cities Built for Millions but Home to Few

ހިއްސާ ކުރައްވާ!