ބަންގްލަދޭޝްގެ ޚާލިދާ ޒިޔާގެ ހާލު ސީރިއަސް

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ޗެއާޕާސަން ޚާލިދާ ޒިޔާގެ ހާލު ވަރަށް ސީރިއަށް ކަމަށް އޭނާގެ ޕާޓީން ބުނެއެވެ. ޚާލިދާ ޒިޔާ ވަނީ ޑާކާގެ އެވަރކެއާ ހޮސްޕިޓަލްގެ ސީސީޔޫގައި އެޑްމިޓްކޮށްފައެވެ.

ޕާޓީގެ ލީޑަރުން ވަނީ އޭނާގެ ހާލުކޮޅު "ވަރަށް ސީރިއަސް" ކަމަށް ސިފަކުރައްވާފަ އެވެ. އުމުރުން 80 އަހަރުގެ ލީޑަރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނީ ފުއްޕާމޭއާއި ހިތުގައި އިންފެކްޝަންތައް އުފެދިގެން ކަމަށް، ބީއެންޕީގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަޚުރުލް އިސްލާމް އާލަމްގީރު ވިދާޅުވެއެވެ. އޭނާ ވަނީ މުޅި ގައުމުގެ ރައްޔިތުންނަށް ޚާލިދާ ޒިޔާއަށް ހެޔޮ ދުއާ ކުރުމަށް ގޮވާލައްވާފަ އެވެ.

އޭނާގެ ސިއްހީ ނުތަނަވަސްކަން ދިމާވެފައި ވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ އާންމު އިންތިޚާބަށް ތައްޔާރު ވަމުންދާ ދަނޑި ވަޅެއްގައެވެ.

ވެރިކަމުން ދުރުކޮށްފައިޥާ ކުރީގެ ބޮޑު ވަޒީރު ހަސީނާއާ އެކު ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުގައި ވެރިކަން ކުރެއްވި ދެ "ބޭގަމް"ގެ ތެރެއިން އެއް "ބޭގަމް" ޚާލިދާ ޒިޔާ ވަނީ ކުރިއަށް އޮތް އިންތިހާބުގައި ތިން ދާއިރާއަކުން ވާދަކުރައްވަން ނިންމާފައިވެ އެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތު ގޯސްވަމުންދާތީ ކެމްޕޭނުގައި އޭނާ ހަރަކާތްތެރިވެ ވަޡޑައިގަތުމާ މެދު ޝައްކު އުފެދެއެވެ.

މީގެ އިތުރުން އޭނާގެ ދަރިފުޅު ތާރިޤް ރަހުމާން، ހުންނެވީ ލަންޑަނުގައި އަރުވާލެވިގެން ނެވެ. ކުރިން ވެރިކަން ކުރި އަވާމީ ލީގު މަނާކުރުމަށްފަހު، ބީއެންޕީ ވަނީ ރަނގަޅު މަގާމަކަށް އައިސްފައެވެ.

ހިއްސާ ކުރައްވާ!