ހުޅުމާލޭގައި ޕާކިން ތަރުތީބުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދަނީ، ފުލުހުންނާ އެޗްޑީސިއާ ގުޅިގެންނެވެ. މި ޕްރްގޮރާމުގެ މަގްސަދަކީ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމާއި މަގުތަކުގެ ތަރުތީބު ބަލަހައްޓައި ރައްޔިތުންނަށް އަމާންކަން އިހުސާސްކޮށް ދިނުމެވެ.






