އިންޑިގޯގެ އޮޕަރޭޝަނަށް ދިމާވެފައިވާ ކާރިސާ ހައްލު ކުރުމަށް އިންޑިއާ ސަރުކާރުން އެންމެ މަތީ ފެންވަރުގައި މަސައްކަތް ފަށައިފިއެވެ. ފާއިތުވި ދުވަސްތަކުގައި ހާހަކަށް ވުރެ ގިނަ ފްލައިޓް އިންޑިގޯއިން ކެންސަލްކޮށްފައިވެ އެވެ. މައްސަލަ ދިމާވެފައި ވަނީ އެއާލައިންގެ ސޮފްޓްވެއަރ އަޕްގްރޭޑް ކުރުމަށް ސިސްޓަމް ރިސެޓް ކުރުމުގެ ސަބަބުންނެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ އޮފީސްއިން ވަނީ މިމައްސަލާގެ ތެރެއަށް ވަދެފައެވެ. އަދި ވައުިގެ ދަތުރުފަތުރު ގެ ގަވާއިދު ކަނޑައަޅާ ސިވިލް އެވިއޭޝަން އިންވެސް ވަނީ މިމައްސަލަ ގާތުން ބަލަން ފަށާފައެވެ.
ބޮޑު ވަޒީރު އޮފީހުން ވަނީ މި ހާދިސާއާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ އަގުތައް މަތިވެގެން ދިއުމާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައި މިކަން ހަމަޔަކަށް އެޅުވުމަށް މަސައްކަތް ފަށާފައެވެ. އަގުތައް ކޮންޓްރޯލު ކުރުމުގެ އިތުރުން ރިފަންޑް ދިނުމާއި މީހުން އަތުން އިތުރަށް ފައިސާ ނެގުން ހުއްޓުވުމަށްވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.
އިންޑިގޯ ކާރިސާގެ އުސްއަލިތައް:
ފްލައިޓް ދަތުރުތަކަށް ބޮޑު ބުރޫއެރުމެއް: އިންޑިގޯ އިން ފާއިތުވި ދުވަސްތަކުގައި 1،000 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހޮނިހިރު ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 500 ފްލައިޓް ކެންސަލްކޮށްފައިވެ އެވެ.
ސަރުކާރުން އެޅި ފިޔަވަޅު:
ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް މައްސަލާގެ މައުލޫމާތު އަރުވާފައި ވެއެވެ. ބޮޑު ވަޒީރު އޮފީހުން ވަނީ މައްސަލަ ހައްލު ކުރުމަށް ސީދާ އިންޑިގޯގެ ސީއީއޯ ޕީޓާ އެލްބަރސްއާ ގުޅައިގެން ވާހަކަ ދައްކާފައެވެ.
ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ އިންޑިގޯގެ އިސް އޮފިޝަލުންނަށް ހާޒިރުކޮށް، އާއްމު ހާލަތަށް ރުޖޫއަ ވުމަށް އަވަސް ފިޔަވަޅު އެޅުމަށް އެދިފައެވެ.
ރިފަންޑްސް ކުރުމާއި ޕެސެންޖަރުންނަށް ލުއިތައް ދިނުން:
އިންޑިގޯ އަށް އިންޑިއާ ސަރުކާރުން އަންގާފައި ވަނީ ކެންސަލް ކުރި ހުރިހާ ފްލައިޓެއްގެ ރިފަންޑް އާދީއްތަ ދުވަސް (ޑިސެމްބަރު 7) ގެ ރޭގަނޑު 8 ޖެހުމުގެ ކުރިން ދައްކައި ނިންމުމަށެވެ.
އަދި ފްލައިޓް ރީޝެޑިއުލް ކުރުމަށް އެއްވެސް ފީއެއް ނަގައިގެން ނުވާނެ ކަން ވަނީ އަންގާފައެވެ.
އަގުތައް ކޮންޓްރޯލު ކުރުމަށް އެޅި ފިޔަވަޅު: އަތް ނުފޯރާ ފަށަށް ޓިކެޓްގެ އަގުތައް މަތިވެގެން ދިއުމާ ގުޅިގެން ސަރުކާރުން ވަނީ އެތެރޭގެ ދަތުރުތަކަށް އިކޮނޮމީއަށް އަގުތަކެއް ކަނޑައަޅާފައެވެ. އެގޮތުން:
- 500 ކިލޯމީޓަރާއި ހަމައަށް ކުރާ ދަތުރުތައް 7500އަށް ވުރެން ބޮޑު ނުކުރުން.
- 500–1،000 ކިލޯމީޓަރަށް 12،000 ރުޕީސްއަށް ވުރެން ބޮޑު ނުކުރުން.
- 1،000–1،500 ކިލޯމީޓަރަށް 15،000 އަށް ވުރެން ބޮޑު ނުކުރުން.
- 1،500 ކިލޯމީޓަރަށް ވުރެ މަތީގައި ދުއްވާނަމަ 18،000 ރުޕީސްއަށް ވުރެން ބޮޑު ނުކުރުން.
ރޭލްވޭސް ސަޕޯޓް: ފަސިންޖަރުންގެ އުނދަގޫތަކަށް ލުއި ދިނުމަށް އިންޑިއާގެ ރޭލްވޭސް އިން ވަނީ ހާއްސަ ރޭލުތަކެއް ގެ ދަތުރު ފަށާފައެވެ.
ބޯޓުގެ ފަޅުވެރިން މަދުވާނަމަ މައްސަލަ ހައްލު ކުރުން:
އިންޑިގޯ އިން ވަނީ ފްލައިޓް ޑިއުޓީ ޓައިމް ލިމިޓް (އެފްޑީޓީއެލް) ގެ އާ ގަވާއިދުތަކާ ގުޅިގެން ގޮންޖެހުންތަކެއް ދިމާވާކަން ފާހަގަކޮށް، އެއީ "މާ ހަރުކަށި" ގަވާއިދުތަކެއް ކަމަށް ބުނެފަ އެވެ.
އެ އެއާލައިނުން ވަނީ އޮޕަރޭޝަންތައް ހަމައަކަށް އެޅުވުމަށް 10 ދުވަހުގެ މުއްދަތެއް ހޯދައި، ކްރޫ ޑިއުޓީގެ އުސޫލުތަކަށް ލުއި ދިނުމަށް އެދިފަ އެވެ.
އިންޑިގޯއަށް ކުރިމަތިވެދާނެ އަދަބުތައް: އިންޑިގޯއިން އައު ގަވާއިދުތަކަށް އަމަލު ނުކުރުމާއި، ކޮންސިއުމަރުންނަށް އުދަގޫ ވުމުން އަދި އޮޕަރޭޝަނަލް މައްސަލަތައް ދިމާވުމުގެ ސަބަބުން ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމަށް މަޖުބޫރު ވާނެއެވެ.
ބޮޑު ވަޒީރު އޮފީހުނ އަގު ކޮންޓްރޯލު ކުރުމުގެ ކުރިން ބައެއް ރޫޓުތަކުގައި ބޯޓުގެ އަގު ހަތަރު ގުނައަށް އިތުރުވެފައިވެ އެވެ.
އޭވިއޭޝަންގެ ތަޖުރިބާކާރުން ބުނަނީ ފްލައިޓްގެ ޑިއުޓީ ތާވަލު ކުރުމާ ގުޅޭ އައު ގަވާއިދުތަކާ ގުޅިގެން ސަރުކާރަށް ޕްރެޝަރު ކުރުމަށް އިންޑިގޯ އިން މަސްނޫއީ މައްސަލަތަކެއް ކުރިމަތި ކުރުވީ ކަމަށެވެ.
އިންޑިގޯއިން ބުނާ ގޮތުގައި ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް ހަމައަކަށް އެޅެން ވަގުތު ނަގާނެއެވެ.
Swift Measures Highlight India’s Growing Strength in Managing Aviation Challenges







