ބަންގްލަދޭޝްގެ ސިޔާސީ މައިދާނުގައި މިހާރު ފެންނަމުންދާ އޮފްދާރު ވާހަކަތަކާއި ސިޔާސަތުތަކަކީ އެ ގައުމުގެ ޑިމޮކްރަސީއަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާ ކަންކަމެވެ. މިހާރު ސިޔާސީ ބަސްމަގު ބަދަލުވެ، ވާދަވެރި ފަރާތްތަކަށް ހަމަލާދިނުމުގެ ބަސްމަގު އިސްކުރަމުންދާ ތަން ފެނެއެވެ. މި ދަނޑިވަޅުގައި، ލީޑަރުން ދަނީ ފޭސްބުކްގައި ލައިވް ކޮށް އަދި، ޔޫޓިއޫބްގައި ސްޕީޗާއި ވަޢުޡު ބުނުމުގެ މަޖިލިސްތަކާއި ވައިރަލް މީމްސް މެދުވެރިކޮށް އެމީހުންގެ މެސެޖްތައް އާންމުންނާ ހަމައަށް ފަތުރަމުންނެވެ. މިކަމުގެ ސަބަބުން ސިޔާސީ ވާހަކަތައް ވަނީ ސާދާކުރެވިފައެވެ. އަދި ވާދަވެރިންނަކީ ކޮރަޕްޓް ބަޔެއް ކަމަށް ނުވަތަ ބޭރުގެ އެޖެންޓުންތަކެއް ކަމަށް ސިފަކޮށްފައެވެ.
މި އާ އޮފްދާރު ވާހަކަތައް ބިނާވެފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ.
އެއީ “ސާފު މީހުން” ބިނާކުރުމުގެ މައްޗަށް ދައްކާ ވާހަކަތަކެވެ. އެމީހުންނަކީ އިޚްލާޞްތެރި، އަނިޔާ ލިބިފައިވާ، ޤައުމީ ލޯބިހުރި ޝަހީދުންގެ ވާރުތަވެރިން ކަމުގައި އާންމުންނަށް ސިފަކޮށް ދެވެއެވެ.
ދެވަނައަށް، “ނުބައި ބޮޑުން” ކަމަށް ބަޔަކު ލޭބަލް ކުރުމެވެ. އެމީހުން ސިފަ ކޮށްދައްކަނީ ޚާއިނުން ކަމަށާއި ލޫޓުވާ މީހުން، ނުވަތަ ބޭރުގެ އެޖެންޓުން ކަމަށް ބުނެއެވެ.
އަދި ތިންވަނައަށް، “ދެކޮޅުވެރިން” ކަމަށް އެހެން ބަޔަކު ސިފަކޮށް ކަނޑައަޅައެވެ؛ މި ދެކޮޅުވެރިންގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން އިން ފެށިގެން އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި، ބައި މަދު ނަސްލުތަކާއި، ހުޅަނގުގެ ސަގާފަތާއި، އިންޑިއާގެ ސަފާގަތުގެ ފަރާތްތައް ހިމެނެއެވެ.
ބަންގްލަދޭޝްގައި މިހާރު ފެންނަމުންދާ ކަނާތުފިޔައިގެ އޮފްދާރު ވާހަކަތައްވެސް ދެ ބަޔަކަށް ބެހިގެންވެއެވެ.
އެއީ ޤައުމީ އޮފްދާރު ވާހަކަތަކާއި އާއި ދީނީ އޮފްދާރު ވާހަކަތަކެވެ.
ޤައުމީ އޮފްދާރު ވާހަކަތަކަކުގެ އަސްލަކީ ޖުލައި 2024 ގެ ސަރުކާރު ވައްޓާލުމެވެ. މި ވާހަކަތަކުގައި ޝަހީދުންނަށް އިޝާރާތްކޮށް، އަވާމީ ލީގަކީ “ޓެރަރިސްޓް” ނުވަތަ “ޤައުމުގެ ދުޝްމަން” ކަމަށް ސިފަކުރެއެވެ.
ޕާޓީއެއް ސިޔާސީ މައިދާނުން ނައްތާލުމަށް ގޮވާލާ ގޮވާލުންތައް އާންމުކޮށް އިންސާފުގެ ނަމުގައި ކުރިއަށް ގެންދިޔަ ނަމަވެސް، އެކަން މިހާރު ވަނީ އެކަހެރިކުރުމުގެ ވާހަކަތަކަކަށް ބަދަލުވެފައެވެ.
މި ސިޔާސަތުތަކުގެ ސަބަބުން ބަންގްލަދޭޝްގެ ޑިމޮކްރަސީއަށް ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ.
އެންމެ ބޮޑު ނުރައްކަލަކީ ގިނަ ޕާޓީތަކުގެ ސިޔާސަތު ގެ ނިޒާމެއް ނެތިދިއުމުގެ ބިރެވެ.
ޕާޓީތައް މަނާކުރުމަށް ގޮވާލުންތައް އާންމުވުމަކީ، ސިޔާސީ މަސއްކަތްތެރިން ދުޝްމަނުން ކަމަށް ނިސްބަތްކޮށް ހަނގުރާމަވެރި ބަސްމަގު ބޭނުންކުރުން އާންމުކުރާ ކަމެކެވެ. އަދި އަންހެނުންނާއި، އިދިކޮޅު ފަރާތްތަކާއި، މަދު ނަސްލުތަކަށް ބިރުވެރިކަން ކުރިމަތިވެ، އަޣުލަބިއްޔަތުގެ ބާރު ހަމައެކަނި ޤާނޫނުގެ ގޮތުގައި ބަލައިގަންނަ ޙާލަތެއް އުފެދެއެވެ.
މީގެ އިތުރުން، ކޯޓުތަކާއި، އިންތިޚާބާބެހޭ ކޮމިޝަންތަކާއި، ޔުނިވަރސިޓީތަކާއި، މީޑިއާ ފަދަ މުއައްސަސާތައް “ދެކޮޅުވެރިންގެ އެޖެންޓުން” ކަމަށް ސިފަކޮށް ހަދައެވެ. މިފަދަ ޝުޢޫރުތައް އާންމުވުމަކީ، ސިޔާސީ މައްސަލަތައް ޙައްލުކުރެވޭނީ ވާދަވެރިން ނައްތާލައިގެން ކަމަށް ގަބޫލުކުރުވައި، ހަމަނގާލުންތަކަށް ހިތްވަރުދޭ ކަމެކެވެ.






