މޯލްޑިވްސް އިންޑަސްޓްރީޒް ޗެމްބަރ ރައީސުލްޖުމްހޫރިއްޔާގެ ބައްދަލުވުމަށް ތައްޔާރު ވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުކުރެއްވުން ޚާއްޞަކުރެވިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށެވެ. މި ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 17 ވާ ބުދަ ދުވަހުގެރޭ (މިރޭ) 8:30 ގައި ސޯޝަލް ސެންޓަރުގައެވެ.

މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސް މެދުވެރިކުރައްވައެވެ.

މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ، ޤައުމުގެ އިޤްތިޞާދުގެ މުހިންމު ބަޔަކު ކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ސީދާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ދަތިތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަޝްވަރާކުރެއްވުމެވެ. މިއީ ސަރުކާރާއި ވިޔަފާރިވެރިންނާ ދެމެދު ގުޅުން ބަދަހިކޮށް، ވިޔަފާރީގެ މާޙައުލު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމެއްގެ ހެއްކެކެވެ.

މި ބައްދަލު ބޭއްވުމަށް އިއުލާން ކުރުމާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އަމިއްލައަށް ހަދައިގެން އުޅޭ މޯލްޑިވްސް އިންޑަސްޓްރީޒް ޗެމްބަރ (އެމް.އައި.ސީ) ގައިވަނީ، މަޝްވަރާއަށް ހުށަހަޅަން ބޭނުންވާ ކަންކަމާ މެދު ޚިޔާލު ފާޅުކޮށް، އެކަންކަމަށް ތައްޔާރުވެފައެވެ. އަލަށް އުފެއްދި މި އެން.ޖީ.އޯ މިވަގުތު އުޅެނީ އޭގެ ޅަފަތުގައެވެ. މި އެން.ޖީ.އޯގެ ވަޓްސްއެޕް ގްރޫޕުގައި 280 އެއްހައި މެމްބަރުން ހިމެނެއެވެ.

އެމްއައިސީ އިން ވަނީ އެމީހުންގެ މެމްބަރުންނާއި ކުދި ވިޔަފާރިވެރިންނަށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހިތްވަރު ދެއްވައި، އެކަމަށް މަސައްކަތް ކޮށްފައެވެ. އަދި ކޮންމެ ފަރާތަކުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން ބޭނުންވާ 3 އިޚުތިޔާރުކޮށް އެކަމަށް ތައްޔާރު ވުމަށްވެސް އިރުޝާދު ދީފައި ވެއެވެ.

consolidation-1

މީގެ އިތުރުން، މި ގްރޫޕުގައި ކުދި ވިޔަފާރިވެރިން ހޭލުންތެރި ކުރުމަށްޓަކައި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު ވެސް އާންމުންނާ ޙިއްސާކޮށްފައި ވެއެވެ. މި ބައްދަލުވުމުން އިއުލާންކޮށްފައި ވަނީ އެމްއައިސީ އިން މެމްބަރުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާ ކުރުމަށް ފުރުސަތަކަށް އެދިގެން އެކިއެކި ފަރާތްތަކާ ގުޅައިގެން ތަފާތު މަސައްކަތްތައް ކުރާތާ ދުވަސްކޮޅެއް ފަހުންނެވެ.

Bridging the Gap: President Opens Dialogue with Small Businesses

 

ހިއްސާ ކުރައްވާ!