ހިތަދޫ އުސްގަނޑު ސަރަހައްދާ ދިމާލުން ވަލުތެރޭ ރޯވި އަލިފާން، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

އައްޑޫ ސިޓީ ހިތަދޫ އުސްގަނޑު ސަރަހައްދާ ދިމާލުން ވަލުތެރޭގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިރޭ 18:36 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 19:00 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ. ޚަބަރު/އެމްއެންޑީއެފް
ހިއްސާ ކުރައްވާ!