ބިރު ގަނެއްޖެ: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އިސްރާއީލަށް ކުރައްވަން އޮތް ދަތުރު ކެންސަލް

އެމެރިކާ އާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް ހިނގައި މަސްރަޙު ނުތަނަވަސްވުމާ ގުޅިގެން، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ބުދަ ދުވަހު ޔަހޫދީ ދައުލަތަށް ކުރާން އޮތް ދަތުރު ބިރުން ކެންސަލް ކުރައްވައިފިއެވެ. މި ދަތުރުފުޅު ކެންސަލް ކުރެއްވީ އީރާނުން ސަރަހައްދުގެ ވައިގެ ސަރަހައްދު ނުރައްކާ ކޮށްލުމާ ގުޅިގެންނެވެ.

މިއީ ޕީޓް ހެގްސެތު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިސްރާއީލަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުގައި އިސްރާއީލުގެ ވައިގެ ސިފައިންގެ ބޭސްތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ރޭވިފައި އޮތެވެ. ނަމަވެސް ދަތުރުގެ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވަނިކޮށް، ބުދަ ދުވަހުގެ ހެނދުނު ކުއްލި ގޮތަކަށް ދަތުރުފުޅު ވަނީ ކެންސަލް ކުރައްވާފައެވެ.

ސީ.އެން.އެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހެގްސެތު އިސްރާއީލަށް ކުރައްވަން އޮތް ދަތުރުފުޅުގެ އެއް ބޭނުމަކީ، ތުރުކީއަށް އެމެރިކާގެ އެންމެ ޒަމާނީ އެފް-35 ފައިޓަރު ޖެޓްތައް ވިއްކަން ރައީސް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރެއްވުމާ ގުޅިގެން އިސްރާއީލުގެ ހިތުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ތަސައްލީއެއް ހޯދައިދީ، ޔަހޫދީން ލޮއްސުމެވެ.

 ރައީސް ޓްރަމްޕް ވިދާޅުވީ، ރަޝިޔާގެ ދިފާއީ ނިޒާމުތައް އެސް400 ގަތުމުގެ ސަބަބުން 2020 ވަނަ އަހަރު ތުރުކީއާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އެ ގައުމަށް އެފް-35 ޖެޓްތައް ވިއްކުމަށް ވޮޝިންގޓަނުން ތައްޔާރަށް އޮތް ކަމަށެވެ. މިއީ އިސްރާއީލުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ.

ހިއްސާ ކުރައްވާ!