ޗައިނާގެ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އަލީބާބާ، ޓެންސެންޓް، ބައިޓްޑާންސް، އަދި ބައިޑޫއިން ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި 130,000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ކަނޑާލާފައެވެ. މި ވަގުތަކީ ޗައިނާގެ ޒުވާނުންގެ މެދުގައި ވަޒީފާ ނެތް ނިސްބަތް ރެކޯޑް މިންވަރަކަށް މަތިވެފައިވާ ވަގުތެކެވެ. އަލީބާބާއިން އެކަނިވެސް ވަނީ މުވައްޒަފުންގެ 34 އިންސައްތަ މަދުކޮށްފައެވެ.
މި ބަދަލު އަންނަނީ ކުންފުނިތަކަށް ގެއްލުންވެގެންނެއް ނޫނެވެ، އޭގެ ބަދަލުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މަސައްކަތްތައް ވިލަރެސްކޮށް ފަސޭހަ ކުރުމަށެވެ. ޗައިނާ ސަރުކާރުގެ އޭއައި ޕްލަސް އެކްޝަން ޕްލޭންގެ އަމާޒަކީ 2030 އާ ހަމައަށްދާއިރު ސިނާއަތްތަކުގެ 90 އިންސައްތައަށް އޭއައި ވެއްދުމެވެ. މީގެ ސަބަބުން ކޯޑިންގް، ކޮންޓެންޓް، އަދި ޑޭޓާ އެނަލިސިސްގެ ދާއިރާތަކުން ޒުވާނުންގެ ވަޒީފާތައް ދަނީ މުޅިން ފުހެވިގެންނެވެ.
މި ކަމުގެ ސަބަބުން 35 އަހަރުގެ އުމުރު ފުރާގެ މީހުންގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ. އުމުރުން 35 އަހަރުން މަތީގެ މުވައްޒަފުން، ކައިވެނިކޮށް، ލޯނުތައް ދައްކަން ޖެހިފައިވާ ވަގުތެއްގައި ވަޒީފާއިން ކަނޑާލުމުން މުޅި މުޖުތަމައުގެ އިތުބާރު ވަނީ ވަޒ×ީފާއަދާ ކުރުމާ މެދު މާޔޫސްވެ ގެއްލިފައެވެ. ސަރުކާރުގެ ހިސާބުތަކުން ހަގީގީ މަންޒަރު ފޮރުވަން އުޅުނަސް، ޗައިނާގެ ޒުވާން ޖީލުގެ މާޔޫސްކަމާއި ފަހަލަވެރި ވަޒީފާތައް ކަމަށްވާ ޑެލިވަރީ ފަދަ ވަގުތީ މަސައްކަތްތަކަށް މަޖުބޫރުވުން ވަނީ އިޖުތިމާއީ ބޮޑު ކާރިސާއަކަށް ބަދަލުވެފައެވެ.





