ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ހާފް މެރަތަން 2026 (އެމްއެޗްއެމް26) ގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރެއްގެ ގޮތުގައި އައިރަނާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެހިފައިވާ މި ދުވުމުގައި 2،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެއެވެ. މި ދުވުން ކުރިއަށް ގެންދާނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ: ހާފް މެރަތަން، 15 ކިލޯމީޓަރު، 10 ކިލޯމީޓަރު، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއާ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަން.
މީގެ އިތުރުން، އައިރަނާސް އިން އިންތިޒާމުކޮށްގެން ހުޅުމާލޭ ރަނިން ޓްރެކްގައި އޮގަސްޓް 11 އިން 13 ގެ ނިޔަލަށް ތިން ދުވަހުގެ އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މެރަތަން އިން ލިބޭ ފައިސާގެ ތެރެއިން ބައެއް، 'ޕްރޮޓެކްޓް ދަ ރީފް' ކެމްޕޭންގެ ދަށުން 'ސޭވް ދަ ބީޗް' އަށް ހަދިޔާކުރަން ވަނީ ނިންމާފައެވެ.




