ނަތަންޔާހޫއާއި ޓްރަމްޕް ވައިޓްހައުސްގައި ސައްލާކުރީ ކޮން ކަމަކާ ބެހޭ ގޮތުން؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގާރަ ދުވަހު ވައިޓް ހައުސްގައި ބައްދަލު ކުިރއިރު އެންމެ މުހިންމު މައުޟޫއަކީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ވާހަކަތަކެވެ. މި ކަމުގައި އެމެރިކާއާއި އިސްރާއީލާ ދެމެދު ހިޔާލު ތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އިސްރާއީލުން ބޭނުންވީ އަސްކަރީ ހަމަލާތައް ކުރިއަށް ގެންދާށެވެ. އެމެރިކާއިން ބޭނުން ވަނީ ހަތިޔާރު ހުސްވާތީ މަޝްވަރާ އަށް އިތުރު ފުރުސަތެއް ދިނުމަށެވެ.

މިއީ ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުނު ފަހުން ޓްރަމްޕާއި ނަތަންޔާހޫގެ ފުރަތަމަ ބައްދަލުވުމެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ނަތަންޔާހޫ އެމެރިކާއަށް ކުރެއްވި މިއީ ހަތްވަނަ ދަތުރުފުޅެވެ. ޓްރަމްޕްގެ ރިއާސީ މި ދައުރުގައި އެންމެ ގިނައިން ވައިޓްހައުސްގައި އޭނާ ބައދަލުކޮށްފައިވާ ވެރިޔަކީ ނަަތަންޔާހޫއެވެ.

"ނިއު ޔޯކް ޓައިމްސް" ނޫހުން ރިޕޯޓްކުރި ގޮތުގައި، ޓްރަމްޕް މި ބައްދަލުވުން ސިފަކުރެއްވީ "މަސައްކަތު ބައްދަލުވުމެއް" ގެ ގޮތުގައެވެ. އަދި ބައްދަލުވުން މީޑިއާއަށް ހުޅުވާނުލައި ބޭއްވި އެވެ. އާންމުކޮށް ޓްރަމްޕް ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާއިރު، ފުރަތަމަ ދިހަ ވަރަކަށް މިނެޓު ނޫސްވެރިންނަށް ހާޒިރުވެ ތިބުމުގެ ފުރުސަތު ދެއްވައެވެ. ނަމަވެސް މިފަހަރު ފޮޓޯތައް އާންމު ކުރީ އިސްރާއީލުން ނެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި، މި ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް، ފޮރިން މިނިސްޓަރު މާކޯ ރޫބިއޯ، ޑިފެންސް މިނިސްޓަރު ޕީޓް ހެގްސެތް، މެދުއިރުމައްޗަށް ކަނޑައަޅާފައިވާ މަންދޫބު ސްޓެފަން ވިޓްކޮފް، އިސްރާއީލުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަހީއޭލް ލައިޓަރު، އަދި ނަތަންޔާހޫގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝަމޫއީލް ބިން އަޒްރާ ބައިވެރިވިއެވެ.

އިސްރާއީލުގެ އިސް އޮފިޝަލުންތަކެއް ބުނި ގޮތުގައި، ޓްރަމްޕާއި ނަތަންޔާހޫ ވަނީ ދެ ގައުމަށް ވެސް މުހިންމު ހުރިހާ މައްސަލަތަކެއްގެ މައްޗަށް ސައްލާކޮށްފައެވެ. އިސްރާއީލުގެ "ޗެނަލް 12″ އިން ރިޕޯޓްކުރި ގޮތުގައި، އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމާ ދެކޮޅަށް ޚާއްސަކޮށް ނަތަންޔާހޫ ޓްރަމްޕަށް ވަސްވާސް ލައިދިނެވެ. ނަމަވެސް، އެކަން ހާސިލްކުރާނެ ގޮތެއް ނަތަންޔާހޫއަށް ކިޔައިެއް ނުދެވެއެވެ.

މި ބައްދަލުވުމުގައ، ލުބުނާނާ ގުޅޭގޮތުންނާއި ޓްއރަމްޕްގެ އިބްރާހީމީ މުއާހަދާއަށް ލުބުނާނާއި ސައޫދީން އަދި ސޫރިޔާ ވެއްދުމަށާއި ގައްޒާގެ ނަސްލުސާފުކޮށްލުމާއި ތުރުކީއަށް އެމެރިކާއިން އެފް-35 މަތިންދާބޯޓު ވިއްކުމާ ގުޅޭގޮތުން ވެސް ސައްލާކޮށްފައި ވެއެވެ.

މި ދެވެރިންނާއެކު ޔުކްރެއިންގެ ޖޯކަރުވެސް ސައްލާގައި އެއް ހިސާބަކުން ބައިވެރިވިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލެވިޓް އެކްސްގައި ވިދާޅުވީ، ނަތަންޔާހޫއާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ އެކު ޓްރަމްޕް ބޭއްވެވި ބައްދަލުވުންތަކަކީ "އިޖާބީ އަދި ކާމިޔާބު" ބައްދަލުވުންތަކެއް ކަމަށެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްކުރާ ގޮތުގައި، ނަތަންޔާހޫ ވަނީ އީރާނުގެ ނިއުކްލިއާ އަދި މިސައިލް ގާބިލުކަން އިތުރުވަމުންދާކަމުގެ ޖާސޫސީ މައުލޫމާތުތައް ޓްރަމްޕަށް ދޭން އުޅެފައެވެ.

ބައްދަލުވުމުގެ ކުރިން ސީއެންއެން އިން ބުނިގޮތުގައި ޓްރަމްޕް ވަނީ "އީރާނުގެ ޖަބަލް ފައުސްގެ ނިއުކްލިއަރ އާ ބެހޭ ގޮތުން ނަތަންޔާހޫ އަހަރަމެންނަށް ކިޔައި ދޭކަށް ނުޖެހޭނެ. އެ މައުލޫމާތު އަހަރަމެން އަމއްލައަށް ހޯދަމު" ކަމަށެވެ.

މި ބައްދަލުވުމުގެ ކުރިން ޓްރަމްޕް ވަނީ 13 ރޭ މެދުނުކެނޑި އީރާނަށް ދެމުންދިޔަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަސްކަރީ މަސްދަރުތަކުން ބުނަނީ ހަތިޔާރުތައް ހުވުމުގެ ސަބަބުން މަޑުޖައްސާލި މަޑުޖައްސާލުމެއް ކަމަށެވެ. ހަމަލަތައް ހުއްޓާލިއިރު އީރާނުން ވަނީ އެމެރިކާ ސިފައިންގެ ބަޔަކު ނައްތާލައި ބޮޑީ ބޭގްގައި އެމެރިކާއަށް ފޮނުވާފައެވެ.

ހިއްސާ ކުރައްވާ!