އެމެރިކާއިން ހަމަލަތައް ވަރުގަދަ ކުރަން ނިންމީ އީރާނުން ޖޯޑަންގައި ހުންނަ މުވައްފަގު ސަލްތީ އެއާބޭސްއަށް ދިން ހަމަލައަށް ފަހުއެވެ. މި ހަމަލާއަކީ އެމެރިކާ ސިއްސުވާލި ހަމަލާއެކެވެ. އެފް 35 މަރުކާގެ ބޯޓުތައް ބަހައްޓާފައިވާ މި މަރުކަޒުގެ ދިފާއުގައި ޖޯޑަންއާއި ސދަރަހައްދުގެ އެހެން ހިސާބުތަކުގައި ބަހައްޓާފައިވާ ރޭޑާތަކުން ފާރަވެރި ވަމުން ދެއެވެ. ނަމަވެސް ކުއްލިއަކަށް އީރާނުން ދިން ހަމަލާގައި ބޯޓުތައް ހަލާކުވެ ސިފައިންވެސް މަރުވީއެވެ.
މި ހަމަލާގައި މަރުވި ސިފައިން ތިބީ ޕައުޑަރަށް ވެފައިކަމަށް ބައެއް އަސްކަރީމުހައްލިލުން ބުނެއެވެ. އަދި މިއީ އީރާނުން ޚައިބަރުޝީކަން މިސައިލްގެ އައު ވައްތަރެއް ބޭނުން ކުރި ފުރަތަމަ ފަހަރު ކަމަށްވެސް ބުނެއެވެ.
މި ހަމަލައަށް ފަހު އެމެރިކާއިން ވަނީ ޗައިނާއާއި ރަޝިޔާއިން އީރާނަށް އަސްކަރީގޮތުން އެހީތެރި ވަމުން ގެންދާ ކަމަށް ތުހުމަތުކޮށްފައެވެ. ދެ ގައުމުންވެސް ވަޅޯ ގޮތަކަށް އެެމރިކާގެ ވާހަކައަށް ރައްދުދީފައި ވެއެވެ.
ޖޯޑަންގެ ހަމަލައަށްފަހު އެމެރިކާއިން އީރާނަށް ހަމަލަ ދިނުން ވަރުގަކުރިއެވެ. އަދި އެވަރުންވެސް ނުފުދިގެން ނަތަންޔާހޫ އެމެރިކާއަށް ކުރި ދަތުރަށްފަހު އީރާނުގެ އިންޖީނުގެތައް ގޮއްވާލުމަށް އިސްރާއީލާ ގުޅިގެން ހަމަލަ ދިނުމަށް އެެމރިކާ ނިންމިއެވެ.
އީރާނުން ވަނީ އެފަދަ ހަމަލައެއް ދީފިނަމަ އެއީ އެމެރިކާއިން ކުރާނެ މޮޔަކަމެއް ކަމަށާއި އަދި އެކަމުން އެމެރިކާގެ ފަސްގަނޑަށްވެސް ސަލާމަތެއް ނެތް ކަމަށް ބުނެ މެދުވެރިން މެދުވެރިކޮށް އެމެރިކާއަށް އިންޒާރުތައް ފޮނުވާފައެވެ.
އީރާނުގެ ހެކަރުން ވަނީ މީގެ ކުރިން އެތައް ފަހަރަކު އެމެރިކާގެ ކަރަންޓު ވިއުގައަށް ހަމަލަދީ އެމެރކާގެ ސިޓީތަކުން ކަރަންޓު ކަނޑާލުމުގައި ކާމިޔާބު ހޯދާފައެވެ. އަދި އީރާނަށް ލިބޭނެ ގެއްލުމަކީ އެފަދަ ހަމަލައެއް ފުޅާދާއިރާއެއްގައި ތަޖުރިބާ ކުރުމަށް އެމެރިކާއަށް ލިބޭނެ ފުރުސަތެއްކަން ހަނދާން ކޮށްދީފައި ވެއެވެ.
މި އިންޒާރުތަކާއެކު ހޮޅި ހޮއްލަމުން އަނެއްކާވެސް ޓްރަމްޕް ވަނީ. ހުރުމުޒުއާއި ނިއުކްލިއަރއާ ބެހޭ ޝަރުތެއް ކުރަުން ހަމަލަތައް ހުއްޓާލީ ކަމަށް ބުނެފައެވެ.






