އިތިއޯޕިއާ އާ އަހުލީ ހަނގުރާމައަކަށް ފައްކާވަނީ

އިތިއޯޕިއާގެ މައި ސަރުކާރާއި ޓިގްރީ ސަރަހައްދުގެ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީޕީއެލްއެފް) އާ ދެމެދު އާ ހަމަނުޖެހުންތަކެއް ހިނގާ، ސަރަހައްދުގެ މަސްރަޙު އަނެއްކާވެސް ނުރައްކާތެރި މިސްރާބަކަށް ގޮސްދާނެ ކަމުގެ އިންޒާރު މާހިރުން ދޭން ފަށައިފި އެވެ.

އެކި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، 2022 ނޮވެމްބަރު މަހު ސޮއި ކުރި ޕްރެޓޯރިއާ އެއްބަސްވުމުގެ ދަށުން ޤާއިމުކުރެވުނު އަމާންކަމަށް މިހާރު ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އިތިއޯޕިއާގެ މުސްލިމުން ގިނަ ޓިގްރޭ ސަރަހައްދުގެ އިސްވެރިންނާއި ފެޑަރަލް ސަރުކާރާ ދެމެދު އުފެދިފައިވާ ސިޔާސީ އަދި އިދާރީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، އުތުރު އިތިއޯޕިއާގައި އަނެއްކާވެސް އަހުލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ނައިޖީރިއާގެ ކުރީގެ ރައީސް އަދި އެފްރިކަން ޔޫނިއަންގެ މަންދޫބުއޮލޫސެގުން އޮބާސަންޖޯ ވަނީ މިދިޔ ަމަހު ޓިގްރޭގެ ވެރިރަށް މެކެލޭއަށް ވަޑައިގެން، އެ ސަރަހައްދުގެ ލީޑަރުންނާ ބައްދަލުކުރައްވައި، ހަނގުރާމައަކަށް ދިޔުން ހުއްޓުވުމަށް މަޝްވަރާތައް ބާއްވަވާފަ އެވެ. ނަމަވެސް، ބޯޑަރު ސަރަހައްދުތަކުގައި ހިންގާ ކުއްލި ޑްރޯން ޙަމަލާތަކާއި، ދެ ފަރާތުން ކުރާ ތުހުމަތުތަކުގެ ސަބަބުން ސުލްހައިގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ.

މި ކަމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢާއި އެފްރިކަން ޔޫނިއަނުން ދަނީ އިތިއޯޕިއާގެ އާބީ އަހުމަދުގެ ސަރުކާރާއި ޓިގްރޭގެ ލީޑަރުންނަށް މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ގޮވާލަމުންނެވެ. އަދި ސުލްހައިގެ އެއްބަސްވުންތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެދެމުންނެވެ. އަދި އާ ހަނގުރާމައެއް ފެށިއްޖެނަމަ، އެކަމުގެ ނޭދެވޭ އަސަރު އެފްރިކާގެ މުލީގައި ހިމެނޭ ގައުމުތަކަށް ކުރާނެ ކަމުގެ އިންޒާރުވެސް ދަނީ ދެމުންނެވެ.

ހިއްސާ ކުރައްވާ!