ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުގެ ސަމިޓެއް މިއަދު ސައޫދީ އަރަބިއްޔާގެ ރިޔާޒްގައި އޮންނާނެއެވެ. މި ސަމިޓްގައި ސުންނީ މުސްލިމު 3 ގައުމުން މިއަދު ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ.
ސައޫދީ އަރަބިއްޔާއާއި ޕާކިސްތާނާއި ތުރުކީން ވަނީ ސަލާމަތީ ގޮތުން ގުޅުން ބަދަހި ކުރުމަށް 3 އަހަރު ވަންދެން މަޝްވަރާ ކޮށްފައެވެ.
މި އެއްބަސްވުމަކީ، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސައުދީ ވަލީއަހުދު އަމީރު މުޙައްމަދު ބިން ސަލްމާނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސޮއިކުރެއްވި ދިފާއީ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ އެއްބަސްވުމެއް ކަމަށް ބެލެވެއެވެ.
ސައޫދީ ޕާކިސްތާން އެއްބަސްވުމުގައި ވަނީ ދެ ގައުމުންކުރެ ގައުމަކަށް ދޭ އުދުވާނީ ހަމަލާއަކީ އަނެއް ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.
ތުރުކީގެ ރިޔާސަތުން ބުނެފައިވާ ގޮތުގައި، ހުކުރު ދުވަހު ޖިއްދާގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ބައްދަލުކުރަވާ ސަމިޓެއް އޮންނާނެ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ޖިއްދާއަށް ވަޑައިގެންފައެވެ.





