ފަލަސްތީނުގެ 1700 ޝަހީދުންގެ ގަބުރު ޔަހޫދީން ވަގަށް ނަގާފައިވޭ

ޔަހޫދީ ޖެނޮސައިޑެ ރެޖީމުން ފަލަސްޔީނުގެ ޝުހަދާއިންގެ 1700 މީހުންގެ ގަބުރު ވަގަށް ނަގާފައިވާ ކަމަށް އިސްރާއީލުގެ "ހާރެޓްޒް" ނޫހުން ހާމަކޮށްފިއެވެ.

އެނޫހުން ބުނެފައިވާ ގޮތުގައި މި ގަބުރުތައް ހިފަހައްޓާފައި ވަނީ އެކަމަށް ޚާއްސަ ފިނި ކޮންޓެއިނާތަކެއްގައެވެ.

މިއީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނިޒާމީ ޖަމާޢީ އަދަބެއްގެ ގޮތުންނާއި، ބާރުފޯރުވުމުގެ ވަސީލަތެއްގެ ގޮތުން ގެންގުޅޭ ސިޔާސަތެއްކަން ފަލަސްޔީނުގެ އަސީރުންގެ ޖަމުއިއްޔާއިން ބުނެއެވެ.

އެ ޖަމުޢިއްޔާތަކުން ބުރާސްފަތި ދުވަހު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ޔަހޫދީ ރެޖީމުން މިފަދައިން ކަންކުރާ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުންތައް ވެވުނު ނަމަވެސް، އަލަށް މި ހާމަކުރެވުނު އަދަދުން ދައްކުވައި ދެނީ ހިފަހައްޓާފައިވާ ގަބުރުތަކުގެ ޢަދަދު އިތުރުވަމުންދާކަމެވެ.

މި ޢަދަދު މަތިވަމުން ދިއުމަކީ، ޣައްޒާގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކާއި، ޤަތުލުއާންމުތަކާއި، ޤަޞްދުގައި މީހުން ގެއްލުވައިލުމުގެ ޢަމަލުތަކާ ވަކިކޮށް ނުލެވޭނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ގަބުރުތައް ވަގަށް ނަގައިގެން ގެންގުޅުމަކީ ހަމައެކަނި ވަކި ވަކި ހާދިސާތަކެއް ނޫން ކަމަށާއި، މިއީ މަރުވުމަށްފަހު މީހާގެ ހަށިގަނޑު ބޭނުންކޮށްގެން ދިރިތިބި މީހުންނަށް އަދަބުދިނުމާއި، ޢާއިލާތަކަށް ބިރުދެއްކުމާއި، ވިޔަފާރީގެ އުޞޫލުން މުޢާމަލާތްކުރުމަށް ގެންގުޅޭ ނިޒާމީ ސިޔާސަތެއް ކަމަށް އަސީރުންގެ ޖަމުއިއްޔާއިން ފާހަގަކުރިއެވެ.

މިކަމުގެ ސަބަބުން ޢާއިލާތަކަށް ދަރިންނަށް އަލްވަދާޢު ކިޔުމާއި، ޤަދަރުވެރިކަމާއެކު ވަޅުލުމުގެ ޙައްޤު ޔަހޫދީން ވަނީ ފަލަސްޔީނު މީހުންނަށް ގެއްލުވާލާފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީންވެސް ޔަހޫދީންނާ މެދު ކަން ކުރިގޮތެވެ.

މި މައްސަލައިގައި ޔަހޫދީ ރެޖީމާ ދެކޮޅަށް ޤާނޫނީ މަސައްކަތްކުރަމުން އަންނަ ޖެރޫސެލްމް ލީގަލް އެއިޑް އެންޑް ހިއުމަން ރައިޓްސް ސެންޓަރ (ޖޭ.އެލް.އޭ.ސީ) އިން ބުނީ، 1967 ވަނަ އަހަރުން ފެށިގެން ގޮތް ނޭނގޭ ގޮތަށް ނަންބަރުތައް ޖަހާފައިވާ މަހާނަތަކުގައި ފަލަސްޠީނުގެ އެތައް ޝުހަދާއެއް ވަޅުލާފައިވާ ކަމަށެވެ.

އަދި 2004 ވަނަ އަހަރު މިކަން ވަގުތީގޮތުން ހުއްޓުވި ނަމަވެސް، 2015 ވަނަ އަހަރު އަލުން މި ސިޔާސަތު އަމަލު ކުރަން އަލުން ފެށި އެވެ.

އަދި 2018 ވަނަ އަހަރު ޓެރަރިޒަމާ ދެކޮޅަށް ހަދާފައިވާ ޤާނޫނަށް ގެނައި އިޞްލާޙުތަކާއެކު، ފުލުހުންނަށް ގަބުރުތައް ހިފެހެއްޓުމުގެ ރަސްމީ ބާރު ލިބިގެންދިޔައެވެ.

އަސީރުންގެ ކްލަބާއި ޤައުމީ ކެމްޕޭނުން ފާހަގަކޮށްފައިވާގޮތުގައި، ގަބުރުތައް ހިފަހައްޓާފައި ތިބުމުގެ ސަބަބުން ޢާއިލާތައް ތިބެންޖެހެނީ "މެދުކެނޑިފައިވާ ހިތާމަ" އެއްގައެވެ. މިގޮތުން ޝަހީދުގެ ގަބުރަށް ވީގޮތެއް ނޭނގި، ހިތާމަ ފާޅުކުރުމުގެ ޙައްޤުން މަހުރޫމް ވެފައި ތިބެން ޖެހެއެވެ.

މީގެއިތުރުން، ބައެއް ގަބުރުތައް ގެންނަނީ ގަނޑުކޮށްފައި ނުވަތަ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ހާލަތެއްގައެވެ. މިއީ އިންސާނީ ކަރާމާތަށް އަރައިގަތުމެއް ކަމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާ ޚިލާފު ޔަހޫދީން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޝަހީދުންގެ ޤައުމީ ކެމްޕޭނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޤަބުރުތަކާއި ފިނިކުރާ ކޮޓަރިތަކުގައި 800 ޝަހީދުންގެ ގަބުރު ހިފަހައްޓާފައި ވެއެވެ.

އޭގެ ތެރޭގައި ނަންބަރު ޖަހާފައިވާ ކާކުކަން ނޭނގޭ މަހާނަތަކުގައި ތިބި 256 ޝަހީދުންނާއި، 2015 ވަނަ އަހަރު މި ސިޔާސަތު އަލުން އާކުރި ފަހުން ހިފަހައްޓާފައިވާ 544 ޝަހީދުންނާއި، އަސީރުންގެ ޙަރަކާތަށް ނިސްބަތްވާ 99 ޝަހީދުންނާއި، 18 އަހަރުން ދަށުގެ 83 ޝަހީދު ކުޑަކުދިންނާއި، 10 އަންހެން ޝަހީދުން ހިމެނެއެވެ.

އަދި ޣައްޒާގެ ސަރަޙައްދަށް ބަލާއިރު، 2026 ފެބްރުއަރީ 4 ވަނަ ދުވަހާ ހަމައަށް ޣައްޒާއިން 930 ޝަހީދުންގެ ގަބުރު ޙަވާލުކޮށްފައިވާއިރު، މީގެ ތެރޭގައި އަލްޝިފާ ހޮސްޕިޓަލުން ވަގަށް ނަގާފައިވާ ގަބުރުތަކާއި، އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތައް އަޅާފައި ހުރި 66 ފޮށި ހިމެނެއެވެ.

މި ޖަމުޢިއްޔާތަކުން ވަނީ ޔަހޫދީންގެ މި ގޮތް ކުޑަ ލާއިންސާނީ ސިޔާސަތު ވަގުތުން ހުއްޓުވުމަށާއި، ޒިންމާދާރުވާ ފަރާތްތައް ޖަވާބުދާރީކުރުމަށާއި، ގެއްލިފައިވާ މީހުންގެ މައްސަލަ ބަލައި، ޝަހީދުންގެ ގަބުރުތައް އެމީހުންގެ ޢާއިލާތަކާ ޙަވާލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!