އޮޕަރޭޝަން ސިންދޫރުގައި ހަލާކުވި ޖައިޝޭ މުހައްމަދުގެ ބަހާވަލްޕޫރު މަރުކަޒު ހަދައިފި

އިންޑިއާއިން ދިން ރައްދު ހަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ލިބުނު، އދ. އިން ބްލެކްލިސްޓްކޮށްފައިވާ ޖައިޝޭ މުހައްމަދު ޖަމާއަތުގެ މައި މަރުކަޒު އަލުން މަރާމާތުކޮށް،ފިއެވެ. ޕާކިސްތާނުގެ ބަހާވަލްޕޫރުގައި ހުންނަ "މަރުކަޒު ސުބްހާނުﷲ" ކޮމްޕްލެކްސްއަށް އިންޑިއާގެ އޮޕަރޭޝަން ސިންދޫރުގެ ދަށުން ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކަށް އަހަރަކަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، އަލަށް އާންމުވި ފޫޓޭޖުތަކުން ފެންނަ ގޮތުގައި އެ މަރުކަޒު ވަނީ މުޅިން އާރާސްތުކޮށްފައެވެ.\

އަލަށް ލިބިފައިވާ މައުލޫމާތުތަކާއި ވީޑިއޯ ފޫޓޭޖުތަކުން އެނގޭ ގޮތުގައި، ހަމަލާގައި ހަލާކުވި ގުއްބުތައް އަލުން ބިނާކޮށް، އެތެރޭގެ ޕްލާސްޓަރު ކުރުމާއި ކުލަލުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ގޮވުންތަކުގެ ސަބަބުން ބިމަށް ލިބުނު ބޮޑެތި ގެއްލުންތައް ނިވާކުރުމަށްޓަކައި މާބަލް ޖަހައި، ބޮޑު ހޯލުގެ ތެރޭގައި ހުރި ފުން ވަޅުގަނޑުތަކަށް ސިމެންތި އަޅައި ފައި ވެއެވެ.

މީގެއިތުރުން، ހަމަލާގައި ހަލާކުވި އިމާރާތްތަކުގެ ތެރޭގައި ހިމެނޭ މަދަރުސާއާއި، ޖަމާއަތުގެ ލީޑަރުން ދިރިއުޅޭ ގެތަކަށް ވަނީ އާ އިމާރާތްތަކެއް ބިނާކޮށްފައެވެ.

އިންޓެލިޖެންސް ރިޕޯޓުތަކާ ހަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، މި މަރުކަޒު އަލުން ބިނާކުރުމަށްޓަކައި ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޖައިޝީ މުހައްމަދަށް 250 މިލިއަން ޕާކިސްތާނު ރުޕީސް ނަގުދު ފައިސާއިން ފޯރުކޮށްދީފައެވެ.

ޖައިޝޭ މުހައްމަދުގެ މައި ލީޑަރު މަސްއޫދު އަޒްހަރު ސިއްހީ ބޮޑެތި މައްސަލަތަކެއްގެ ސަބަބުން ނުކުޅެދޭ ހާލަތުގައި ހުރުމުގެ ސަބަބުން، ބަހާވަލްޕޫރު މަރުކަޒުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އޮޕަރޭޝަނަލް ކަންކަމާ ހަވާލުވެފައިވަނީ އޭނާގެ ދެބެއިން ކަމަށްވާ ތަލްހާ އައްސައިފް އާއި އައުރަންގްޒޭބް އެވެ.

ހިއްސާ ކުރައްވާ!