އެސްސީއޯ ސަމިޓުގެ ގްރޫޕް ފޮޓޯ ޕާކިސްތާނުން އެޑިޓް ކުރީތަ؟

ކިރްގިޒްސްތާނުގެ ބިޝްކެކްގައި ބޭއްވި ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ގްރޫޕް ފޮޓޯއިން ދުނިޔޭގެ ބައެއް ޤައުމުތަކުގެ ޒައީމުން އުނިކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މެދުގައި ހުންނަވާގޮތަށް ފޮޓޯ ކަނޑައިގެން އާންމުކުރުމުން ބޮޑު ފާޑުކިއުމެއް އަމާޒުވެއްޖެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުން މީސް މީޑިއާގައި އާންމުކުރި މި ފޮޓޯއިން ބައެއް ޒައީމުން އުނިކޮށްފައިވަނީ، ޝަހްބާޒް ޝަރީފަކީ ސަމިޓުގެ އެންމެ މުހިންމު ސަޚްސިއްޔަތުގެ ގޮތުގައި ދެއްކުމުގެ މަގުސަދުގައި ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެސްސީއޯގެ 26 ވަނަ ސަމިޓުގައި ނަގާފައިވާ އަސްލު ފޮޓޯގައި ރަޝިޔާގެ ރައީސް ވްލަދިމީރު ޕޫޓިންއާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިތުރުން މޯދީއާއި އީރާނުގެ ރައީސްވެސް ތިއްބެވިއެވެ. ނަމަވެސް ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުން އާންމުކުރި ފޮޓޯގައި، ޝަހްބާޒް ޝަރީފް ހުންނެވީ ފޮޓޯގެ މެދުގައެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުންނާއި އެހެން ޤައުމުތަކުން އަސްލު ފޮޓޯ އާންމުކުރުމާއެކު، ޕާކިސްތާނުން ކުރި ކަންތައް ސިފަކޮށް މީސް މީޑިއާގައި ގިނަ ފާޑުކިއުންތަކެއް އަމާޒުވިއެވެ. މި ފާޑުކިއުންތަކާ ގުޅިގެން، ފަހުން ޝަހްބާޒް ޝަރީފްގެ އަމިއްލަ އެކައުންޓުން ވަނީ އަސްލު ފޮޓޯ އާންމުކުރައްވާފައެވެ.

ހިއްސާ ކުރައްވާ!