ކަނޑުމަތީގައި ވިދިވިދިގެން ދުއިސައްތަ ދުވަހަށްވުރެ ގިނަ ދުވަސް ހޭދަކުރުމަށްފަހު، އެމެރިކާގެ ދަބަރިު ހިލިފައިވާ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" ތައިލެންޑުގެ ޕައްޓަޔާ އަށް ބަނދަރު ކޮށްފިއެވެ.
އެމެރިކާ ސަރުކާރުން އެދުނު ގޮތަށް އެމީހުން ދިއުމުގެ ކުރިން ކަސްބީ ވިޔަފާރިއަށް މަޝްހޫރު ޕަޓާޔާގައި އަތްފުނާ އަޅާފައި ވެއެވެ. ނާސިގެތަކުން އަންހެނުން ހައްޔަރުކޮށްފައި ވެއެވެ. ހައްޔަރުކޮށްފައިވާ މީހުންނަކީ ކޮށްފައިވާ އެޗްއައިވީ ޓެސްޓްތަކުން ފޭލިވެފައިވާ މީހުން ކަމަށް މީޑިއާއިން ބުނެއެވެ.
ފަސްހާސް އެެމރިކާ ސިފައިން 200 އަށް ވުރެން ގިނަ ދުވަހު ކަނޑުމަތީގައި އުޅުމުން އިނާމަކަށ ްގެނަސްލީ ޕަޓާޔާއަށެވެ. އަދި ގައުމަށް ދިއުމަށް ދިގު ދަތުރު ފެށުމުގެ ކުރިން އެމީހުން ފިނިކޮށްލުމަށް ދިން ދަތުރެއް ކަމަށް ވެއެވެ.
ޕައްޓަޔާގެ މޭޔަރު ޕޮރަމަސޭ ޢަންޕިޗެސް ވިދާޅުވީ، މި ސިފައިން ފޭބުމުން އެ ރަށުގެ ހޮޓާތަކާއި، ރެސްޓޯރެންޓުތަކާއި އަދި ފިހާރަތަކަށް ބޮޑު މާލީ ފައިދާއެއް ލިބިގެންދާނެ ކަމަށެވެ. އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކު ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން ތިރީހާއި ނުވަދިހަ ޑޮލަރާ ދެމެދުގެ ޚަރަދެއް ކުރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ކުރު މުއްދަތެއްގެ ތެރޭގައި އެ ސަރަޙައްދުގެ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރުން ފެށިގެންވެސް އެމެރިކާ ސިފައިން ގައުމަށް ދަތުރުހެދުމުގެ ކުރިން އަރާމުކޮށްލުމަށް ޕަޓާޔާއަށް ފޮނުވުމަކީ އެމީހުން ރުއްސުމަށް އެެމރިކާ ސަރުކާރުން ގެންގުޅޭ އުކުޅެކެވެ.







