އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް، ވަނީ އިނގިރޭސިވިލާތުގެ ސަފީރު ވަގުތުން ޔަހޫދީ ޤައުމުން ބޭރުކޮށްލުމަށް ގޮވާލައި، އިނގިރޭސި ސަރުކާރަށް ފާޑުކިޔާފައެވެ. އިނގިރޭސިވިލާތުން ޔަހޫދީ ޖެނޮސައިޑް ރެޖީމާ ދެކޮޅަށް އަޅަން ތައްޔާރުވަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އޭނާ މި ޚިޔާލު ފާޅުކުރީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ސްމޮރިޗް އަކީ ޔަހޫދީންގެ ތެރޭން އެންމެ ނުލަފާ ވައްތަރުގެ ޔަހޫދީ އެކެވެ.
ފަލަސްޠީނުގެ ބިން ޔަހޫދީޫންނަށް ހިބަ ކޮށްދިން އިނގިރޭސި ސަރުކާރަށް ނިސްބަތް ކޮށް މި ޔަހޫދީ ކަލޭގެ ބުނެފައި ވަނީ އިނގިރޭސިންނަކީ ޔަހޫދީން ދެކެ ނަފްރަތު ކުރާ ބައެއް ކަމަށެވެ. އަދި އޭނާ ބުނެފައި ވަނީ އިނގިރޭސިވިލާތުގެ ފަރާތުން އެއްވެސް ފިއްތުމަކަށް ޔަހޫދީން ނުލެނބޭނެ ކަމަށެވެ. އަދި އިނގިރޭސިވިލާތް ވަނީ ހަރުކަށި އިސްލާމީ ފިކުރަށް ބޯލަނބާފައި ކަމަށާއި، އިނގިރޭސިންގެ އިޤްތިޞާދީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ހޯދަން މަސައްކަތްކުރަނީ އިސްރާއީލާއި ޔަހޫދީންނަށް ހަމަލާދީގެން ކަމަށް އޭނާ ތުހުމަތުކުރިއެވެ. ތާރީޚަށް އިޝާރާތަ ކުރަމުން ޔަހޫދީ ކަލޭގެ ބުނީ ފަލަސްޠީނުގައި އޮތް އިނގިރޭސި ވިލާތުގެ މެންޑޭޓް މިހާރު ނިމިފައިވާ ކަމަށެވެ.
ޔަހޫދީ ކަލޭގެ ރުޅިގަދަވެގެން މިއުޅެނީ ހުޅަނގު އައްސޭރީގައި ހުރި ޔަހޫދީ ޓެރަރިސްޓް އާބާދީތައް ފުޅާކުރުމާއި، ޔަހޫދީ ޓެރަރިސްޓް ސެޓްލަރުންގެ ނޭދެވޭ ޢަމަލުތަކާ ގުޅިގެން އިނގިރޭސިވިލާތުން އިންޒާރު ދިނުމުންނެވެ.
ނިއުޔޯކް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގެ ޔަހޫދީ އާބާދީތަކާ ދެކޮޅަށް އިނގިރޭސިވިލާތުން ބޮޑެތި ފިޔަވަޅުތަކެއް އިޢުލާންކުރަން ދނީ ތައްޔާރުވަމުންނެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ޔަހޫދީ އާބާދީތަކުން އުފައްދާ މުދާ އެޤައުމަށް އެތުކުރުން މަނާކުރުމާއި، އެ ސަރަހައްދުގައި ޢމާރާތްކުރުމުގެ މަޝްރޫޢުތައް ހިންގާ ކުންފުނިތަކާ ދެކޮޅަށް އަދަބު ދިނުން ހިމެނެއެވެ.




