ނިއުދިއްލީގައި ފަށާ 18 ވަނަ ބްރިކްސް ސަމިޓުގެ ހަވާސާގައި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ބައްދަލުވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ލިޔުމެއްގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، ނިއުދިއްލީއަށް ވަޑައިގަތުމާއެކު އެންމެ ފުރަތަމަވެސް ބައްދަލުވުން ބޭއްވެވީ ރަޝިޔާގެ ރައީސާ އެކު ކަމަށެވެ. އަދި ރޭ 11:00 ޖެހުމާ ހަމައަށްވެސް މި ބައްދަލުވުން ކުރިއަށްދިޔައީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށާއި، މި ބައްދަލުވުމުގެ ސަބަބުން މެލޭޝިޔާއާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން ކުރިއަށްދާ މިންވަރު ވަޒަންކުރުމަށް ފުރުޞަތު ލިބިގެންދިޔަ ކަމަށް ފާހަގަކުރެއްވިއެވެ.







