އެމެރިކާއިން އިރާނާއެކު އެއްވެސް ކަހަލަ ސިޔާސީ ނުވަތަ ޑިޕްލޮމެޓިކް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށާއި، ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި އީރާނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިނގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ އެތައް ގައުމަކުން އެމެރިކާގެ އެމްބަސީގެ މުވައްޒަފުންނާއި އާއިލާތައް ގެންދިއުމަށް އަންގާފައި ވަނިކޮށެވެ.
އިރާނާއެކު ގެންގުޅޭ ހަތުރުވެރިކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އަސްކަރީ ގޮތުންނާއި މާލީ މައިދާން ގައި އިރާނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ. އަދި މިވަގުތު އިރާނާއެކު އެއްވެސް މަޝްވަރާއެއް ކުރެވެމުން ނުދާ ކަމަށާއި، ކޮންމެވެސް ގޮތަކަށް އަވަސް (އަސްކަރީ) ފިޔަވަޅުތަކެއް ފެނިގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ބައެއް ފަރާތްތަކުން ލަފާ ކުރާ ގޮތުގައި އެމެރިކާގެ އަސްކަރީ ހަމަލަ އަންނާނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު އެވެ. އަދި އިރާނާމެދު އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ފާހަގަކޮށްލެވޭ ފަދަ ނަތީޖާއެއް ނެރުނު ކަންކަން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ތެހެރާނުން ބުނާ ގޮތުގައި އިރާނުން ހުށަހަޅާފައިވާ ހަތް ދުވަހުގެ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ޕްލޭނާ ގުޅޭގޮތުން އެމެރިކާއިން މެދުވެރިން މެދުވެރިކޮށް ނުސީދާ މަޝްވަރާތައް ކުރިއަށް ގެންދެއެވެ. އިރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ، މި މަޝްވަރާތަކުގެ ދޮރު އިންސާފުވެރި ގޮތެއްގައި އަދިވެސް ހުޅުވިފައިވާ ކަމަށެވެ.
ލަފާ ކުރެވޭ ގޮތުގައި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ފަހުކޮޅު އެމެރިކާގެ މަނަވަރުތަކާއި ސިފައިން ގަލްފް ސަރަހައްދަށް އަންނާނެ ކަމަށެވެ. ޚާއްސަކޮށް، ހުރުމުޒު ކަނޑުއޮޅި ސަރަހައްދުގައި ތެޔޮ އުފުލާ ބޯޓުތަކަށް ދެވޭ ހަމަލާތައް ހުއްޓުވުމަށް ފިޔަވަޅު ނޭޅިއްޖެނަމަ، ނޮވެމްބަރު 3 ގެ ފަހުން އެމެރިކާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާނެ ކަމަށް ލަފާ ކުރެވެއެވެ.




