ކެންޔާގެ ނައިރޯބީގައި 18 ބުރީގެ އިމާރާތެއް އިމާރާތެއް ވެއްޓިއްޖެ

ކެންޔާގެ ވެރިރަށް ނައިރޯބީގައި ހަދަމުންދިޔަ 18 ބުރީގެ ޝޮޕިން ސެންޓަރެއް ވެއްޓި، ކޮންކްރީޓްގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.

އިންޓަނެޓްގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި އިމާރާތް ވެއްޓިފައިވަނީ ހިނދުކޮޅެއްގެ ތެރޭގައވެ. ސިޓިޒަން ޓީވީން ރިޕޯޓްކުރާ ގޮތުގައި، މި ހާދިސާގައި ކޮންކޮްރިޓްގެ ދަށުގައި މީހުން ތާށިވެފައިވުން އެކަށީގެންވާ އިރު، އޭގެ ތެރޭގައި ގިނައީ އެ ވަގުތު އެތަނުގައި މަސައްކަތް ކުރަން ތިބި މަސައްކަތްތެރިން ކަމަށް ބެލެވެއެވެ.

އިމާރާތް ވެއްޓުނު ސަރަހައްދުގައި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތަކުން ދަނީ މީޙުން ހޯދުމާއި ސަލާމަތްކުރުމުގެ ފުޅާ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާއިރު، އިމާރާތް ކުރުމުގެ ގަވާއިދުތަކާއި މިންގަނޑުތަކާ ހިލާފުވެފައިވުމަކީ މި ހާދިސާ މެދުވެރިވި ސަބަބެއް ކަމަށް ގަބޫލުކުރެވޭ މައިގަނޑު އެއް ކަންތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިއްސާ ކުރައްވާ!