ސިރީލަންކާ އެމްބަސީގެ ގާޑަށް ހަމަލަދީ މަރާލައިފި

އުރުދުންގެ ވެރިރަށް އައްމާނުގެ ސޮއިފިއްޔާ ސަރަޙައްދުގައި ހުންނަ ސިރީލަންކާ އެމްބަސީ ގާޑު ކުރަން ހުރި ިސފައިންގެ މީހާއަށް ވަޅިން ހަމަލަ ދީ އޭނާ މަރާލައިފިއެވެ. ޖޯޑަން ވަނީ މިއީ ޓެރަރިސްޓް އަމަލެއް ކަމަށް ބުނެފައެވެ.

އުރުދުންގެ ޚަބަރު ފަތުރާ ފަރާތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާދިން މީހާ ކުއްލިއަކަށް އެ ސަރަޙައްދަށް ގޮސް، އެމްބަސީގެ ގާދުކުރަން ހުރި ސިފައިންގެ މީހާއަށް ތޫނު އެއްޗަކުން ޙަމަލާދިނީއެވެ. މި ޙަމަލާގެ ސަބަބުން ސިފައިންގެ މީހާއަށް ލިބުނު ޒަޚަމްތަކާ ގުޅިގެން ވަނީ މަރުވެފައވެ.

މި ޙާދިސާއާ ގުޅިގެން ސިފައިން އެ ސަރަޙައްދަށް ގޮސް، ޙަމަލާދިން މީހާ ހައްޔަރުކުރުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެ މީހާ ދެކޮޅު ހަދައި، ބާރުގެ ބޭނުންކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މި ހަމަނުޖެހުމުގެ ތެރޭގައި އިތުރު ސިފައިންގެ މީހަކަށް ވެސް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުރުދުންގެ ޕަބްލިކް ސެކިއުރިޓީ ޑައިރެކްޓަރޭޓުން ނެރުނު ބަޔާނެއްގައިވަނީ، މި ކަމުގެ ފަހަތުގައިވާ ކަންކަން ދެނެގަތުމަށްޓަކައި ޚާއްސަ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ.

 

ހިއްސާ ކުރައްވާ!