ޝަރްޖާ އެއާޕޯޓުގައި ކުއްލި ޙާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ޢަމަލީ ތަމްރީނެއް ބާއްވާނެއެވެ.. މި ތަމްރީނުތަކުގެ ވަގުތުގައިވެސް އެއާޕޯޓުގެ އާންމު ޚިދުމަތްތަކާއި ދަތުރުފަތުރުތަކަށް އެއްވެސް ހުރަހެއް ނެތި ޝެޑިއުލްކޮށްފައިވާ ގޮތަށް ފްލައިޓުތަކުގެ ދަތުރުތައް ކުރިއަށްދާނެ ކަމަށް ވަނީ ޔަޤީންކޮށްދީފައެވެ.
ޝަރްޖާ އެއާޕޯޓު އޮތޯރިޓީންކުރިއަށްގެންދާ މި ތަމްރީނާ ގުޅިގެން، އެއާޕޯޓު ސަރަޙައްދުން ކުއްލި ޙާލަތްތަކަށް ހަރަކާތްތެރިވާ އުޅަނދުފަހަރާއި ޓީމުތައް ފެނުން އެކަށީގެންވާ ކަމަށް އޮތޯރިޓީން ޢާންމުންނަށް އަންގާފައިވެއެވެ.
މިއީ މޫސުމީ ޑިމާންޑް ބޮޑުވެ، ކުރިއަށް އޮތް ތަނުގައި ގާތްގަނޑަކަށް 3 މިލިއަން ފަސިންޖަރުން މަރުޙަބާ ކިޔުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ހިންގޭ މުހިންމު ސަލާމަތީ ޙަރަކާތެކެވެ.





