ޖަޕާނުން އެންމެ ފަހުގެ ބުލެޓް ޓްރެއިން ޝިންކަންސެން އަލްފާ-އެކްސް ޖަޕާންގައި ތައާރަފް ކުރާއިރު އިންޑިއާގައިވެސް ތައާރަފް ކުރާނެއެވެ. ޖަޕާނުގެ އެންމެ ބާރަށް ދުވާ މި ރޭލް އިންޑިއާގައި ތއާރަފް ކުރުމަށް ހަމަޖެހިފަިއ ވަނީ 2030ގައެވެ.
ޝިންކަންސެން އީ10 ރޭލަކީ ގަޑިއަކު 400 ކިލޯމީޓަރަށް ދުވާނެ ރޭލެކެވެ.
މިއީ ޖަޕާނުގެ އެންމެ ހައި ސްޕީޑް ރޭލު ފުރަތަމަ ފަހަރަށް ޖަޕާނުން ބޭރުގައި ޖަޕާނާއެއް ވަގުތެއްގައި ލޯންޗު ކުރުމަށް ނިންމި ފަހަރެވެ.
އިންޑިއާއާއި ޖަޕާނުން ދަނީ ގުޅުން ބަދަހި ކުރަމުންނެވެ. ވޮޝިންޓަނަށް، ޓްރަމްޕްގ ހުވައި ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު ވަނީ، ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާކޭޝީ އިވާޔާއާ މަޝްވަރާތައް ބާއްވަވާފައެވެ.
މި ބައްދަލުވުމަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިޓަލީގައި ބޭއްވި ޖީ7 ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ދެބޭފުޅުން ބޭއްވި މަޝްވަރާއަށް ފަހު ބާއްވާ ދެވަނަ ބައްދަލުވުމެވެ.



