އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވަނީ ދުނިޔޭގެ ކުންފުނިތަކުން އެމެރިކާގައި އުފެއްދުންތެރިކަން އިތުރު ކުރުމަށް ގޮވާލައްވާފައެވެ. އަދި އެމެރިކާގައި މުދަލާއި ޚިދުމަތްތައް ނުއުފައްދާ ކުންފުނިތަކާ ދެކޮޅަށް "ބިލިއަން ޓްރިލިއަން" ޑޮލަރުގެ ޓެރިފް ދެއްކުމަށް މަޖުބޫރު ކުރައްވާނެ ކަމަށް ވިދާޅުވެއެވެ.
އޭގެ އިތުރުން ޓްރަމްޕް ވަނީ މުއްދަތު ހަމަވެފައިވާ ވިސާގައި ތިބޭ ފަރާތްތައް ގައުމުން ބޭރު ކުރައްވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. އެމެރިކާގައި 20 ހާސް އިންޑިއާ މީހުން ގަވާއިދާ ޚިލާފަށް އުޅޭ ކަމަށް ވެއެވެ. މި ފަރާތްތައް ޑިޕޯޓު ކުރުމުގެ އިންޒާރަކީ އިންޑިއާއަށް މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ.
މި ނުތަވަސް ޚަބަރާއެކު އުޅުމުގެ ތެރޭގައި އިންޑިއާއަށް ލިބުނު އުފާވެރި ޚަބަރަކީ، ސައުދީ އަރަބިއްޔާއިން މަސައްކަތްތެރިންގެ ހައްގުގައި އެދެވޭ ހެޔޮ ވަޅެއް އެޅި ކަމުގެ ޚަބަރެވެ. ސައޫދީން ވަނީ ގަދަކަމުން ބިދޭސިން ލައްވައި މަސައްކަތް ކުރުވުން ނިމުމަކަށް ގެނައުން ހުއްޓުވުމަށް ނިންމާފައެވެ.
ސައޫދީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓުން ވަނީ ޖެނުއަރީ 21 ވަނަ ދުވަހު އާ ސިޔާސަތެއް އިއުލާން ކޮށްފައެވެ.
މި އިސްނެގުމާއެކު ސައުދީ އަރަބިއްޔާ ވެފައިވަނީ ބިދޭސިންނަށް މަސައްކަތުގެ ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކޮށް، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅި ފުރަތަމަ ގައުމަށެވެ.
ސައޫދީ މިފިޔަވަޅާއެކު އިންޑިއާގެ 2.6 މިލިއަން މީހުންނަށް މި ކަމުން ހެޔޮ އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ.


