އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ޝަރަފްވެރި މެހުމަނާކީ، އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ އެވެ. ނިއުދިއްލީގެ ކަރްތަވްޔާ ޕާތުގައި އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް އަސްކަރީ ޕެރޭޑެއް ކުރިއަށް ގެންގޮސްފައި ވެއެވެ.
މި އިޙުތިފާލުގައި އިންޑިއާގެ އެއްގަމުގެ ފައުޖުތަކާއި ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ އުފެއްދުންތަކާއި ހުނަރު ދައްކާލުމާއެކު ފުޅަނދުތައްވެސް ދައްކާލެވުނެވެ. އެ ފުޅަނދުތަކުގައި އިންޑިއާގެ އަމިއްލަ އަސްކަރީ އުފެއްދުންތަކާއި އިންޑިއާގައި އުފައްދާ އަރްޖުން ޓޭންކާއި ތޭޖާސް ފައިޓާ ޖެޓްތަކާއި ޒަމާނީ ހެލިކޮޕްޓަރުތައް ދައްކާފައި ވެއެވެ.
އިންޑިއާގެ ރައީސް ޑްރޫޕަދީ މުރްމޫއާއި، ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި، އިންޑިއާގެ ސަރުކާރުގެ ކުރިއަށް ތިއްބެވި ބޭފުޅުންނާއި މަސްއޫލުވެރިން މި ބައިވެރިވެ ވަޑައިގަތެވެ.



