އިންޑިއާއިން ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 1950 ވަނަ އަހަރު ގާނޫނުއަސާސީ ތަސްދީގު ކުރުމާއި، ޖުމްހޫރިއްޔާއެއްގެ ގޮތުގައި އިންޑިއާއިން ކުރި ދަތުރު ފާހަގަކުރުމުގެ ގޮތުން ޖެނުއަރީ 26 ވާ އާދީއްތަ ދުވަހު އެވެ.
މި އުފާފާޅުކުރުމުގެ ގޮތުން އިންޑިއާގެ އަސްކަރީ ބާރާއި، ސަގާފީ ތަރިކައާއި، އެއްބައިވަންތަކަމުގެ ރޫހު ދައްކުވައިދޭ ފުޅަނދު ބުރުތަކާއި ސިފައިންގެ ހުނަރާއި އުފެއްދުން ދައްކާލުމުގެ މާޗްޕާސްޓު ކުރުން އޮވެއެވެ.
މިއަހަރުގެ ހަރަކާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއަށް ދައުވަތު އަރުވާފައި ވެއެވެ.
ނިއުދިއްލީގެ ކާރްޓަވްޔާ ޕާތުގައި ކުރިއަށް ގެންދިޔަ ޕެރޭޑްގައި އިންޑޮނޭޝިއާގެ އަސްކަރީ ކޮންޓިންޖެންޓްތަކުން ވެސް ބައިވެރިވި އެވެ.
އެ އިޙުތިފާލުގައި ވީވީއައިޕީގެ އިއްޒަތްތެރިންގެ އިތުރުން ޕެރަލިމްޕިކް ކޮންޓިންޖެންޓްގެ މެމްބަރުންނާއި އެންމެ އަތްތެރި މަސައްކަތް ދައްކާ އާޓިޒަނުން ބައިވެރި ވެފައި ވެއެވެ.
ޖުމްހޫރީ ދުވަހުގެ 76 ވަނަ ޕެރޭޑް ކާރުތަވްޔާ ޕާތުގައި މިއަދު ފެށީ ރައީސް ޑްރޫޕަދީ މުރުމު ސެލިއުޓު ނެންގެވުމާއެކުގައެވެ.



