އެތައް އަހަރެއްގެ ބުރަ މަސައްކަތާ އެކު ކަޝްމީރުގެ ރޭލް ކަނެކްޓިވިޓީގެ ހުވަފެން އެންމެ ފަހުން ހަގީގަތަކަށް ވެއްޖެއެވެ. ކަޝްމީރުގައި ދުއްވަން ޚާއްސަކޮށް ފަރުމާކޮށްފައިވާ ވަންދޭ ބާރަތު އެކްސްޕްރެސް ރޭލުގެ ޓެސްޓް ދަތުރުތައް ކާމިޔާބު ވެފައި ވެއެވެ.
ފުރަތަމަ ޓެސްޓް ރަންގައި ރޭލު ދަތުރުކުރީ ޖައްމޫގެ ކާޓްރާ އިން ނޯގަމް ސަރަހައްދުގައި އޮންނަ ސްރީނަގަރު ސްޓޭޝަނަށެވެ. ގިނަ އަދަދެއްގެ ރއްޔިތުން ވަނީ މި އިސްނެގުމަށް މަރުޙަބާ ކިޔާފައެވެ.
މި ވަންދޭ ބާރަތު ޓްރޭނަކީ އިންޑިއާގެ އެހެން ތަންތާނގައި ދުއްވާ ރޭލާ ޚިލާފަށް ކަޝްމީރުގެ ފިންޏާއި މޫސުމާ ގުޅޭ ގޮތަށް ބަދަލު ކޮށްފައިވާ ރޭލެކެވެ.



