އިންޑިއާ އާއި އިންޑޮނޭޝިއާ އިން ޑިފެންސް މެނުފެކްޗަރިން އާއި ސަޕްލައި ޗޭންގައި ގުޅިގެން މަސައްކަތްކޮށްގެން ޑިފެންސް ދާއިރާގައި އެއްބާރުލުން އިތުރު ކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއެވެ.
އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއާ ބައްދަލުކުރެއްވުމަށް ފަހު ދެއްވި ނޫސް ކޮންފަރެންސްގައި އިންޑިއާގެ ފުރަތަމަ ޖުމްހޫރީ ދުވަހުގެ އިސް މެހެމާނަކީ އިންޑޮނޭޝިއާކަން ހަނދާންކޮށް ދެއްވަމުން، އިންޑިއާއިން ޖުމްހޫރިއްޔާއަށް 75 އަހަރު ފުރުން ފާހަގަކުރާއިރު އަނެއްކާވެސް ޝަރަފް ވެރި މެހުމާނަކީ އިންޑޮނޭޝިއާގެ ރައީސްކަމަށް ވެވަޑައިގަތުމަކީ ފަޚުރެއް ކަމަށް ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ ދެ ގައުމުން އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެކި ކަންކަމާ ގުޅޭ ގޮތުން ރައީސް ޕްރަބޯވޯ ސުބިއަންޓޯއާ އެކު "ފުރިހަމަ މަޝްވަރާއެއް" ބާއްވާފައިވާ ކަމަށެވެ.
2018 ވަނަ އަހަރު އިންޑޮނޭޝިއާއަށް ކުރެއްވި ދަތުރުފުޅު ހަނދާންކޮށްދެއްވަމުން އިންޑިއާ ބޮޑުވަޒީރު ވިދާޅުވީ "2018 ވަނަ އަހަރު އިންޑޮނޭޝިއާއަށް ކުރެއްވި ދަތުރުގައި އަޅުގަނޑުމެންގެ ޕާޓްނަޝިޕް ކުރިއަށް ގެންދިޔައީ ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ ސިފައިގައި. މިއަދު ރައީސް ޕްރަބޯވޯއާ އެކު ވަނީ އެކި ކަންކަމާ ގުޅޭ ގޮތުން ފުރިހަމަ މަޝްވަރާއެއް ކުރިއަށް ގެންގޮސްފަ" ކަމަށް ވިދާޅުވިއެވެ.




