އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ނިއު ދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ސިއްޙަތާއި، ސަގާފީ ބޭސްވެރިކަން އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭ ގޮތަށް ތަފާތު ފަސް ފަހުމުނާމާއެއްގައި އެއްގައި އިންޑޮނޭޝިއާއިން އިންޑިއާއާއެކު ސޮއިކޮށްފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ އާއި އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ހެލްތު އާ ދެމެދު ސިއްޙީ އެއްބާރުލުމުގެ ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. އިންޑިއާގެ ކޯސްޓް ގާޑާއި އިންޑޮނޭޝިއާގެ ކޯސްޓްގާޑް ބަކަމްލާ އާ ދެމެދު ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ އެއްބާރުލުމުގެ ފަހުމުނާމާ އައުކުރެވުނެވެ. މީގެ އިތުރުން، އިންޑިއާގެ ސަގާފީ ބޭސްވެރިކަމާ ބެހޭ އާޔުޝް މިނިސްޓްރީގެ ދަށުން ހިނގާ ފާމަކޯޕިއާ ކޮމިޝަން ފޯ އިންޑިއަން މެޑިސިން އެންޑް ހޯމިއޯޕަތީ އާއި އިންޑޮނޭޝިއާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާ ދެމެދު އަޔުރްވެދިކް ބޭސްވެރިކަމުގެ ފެންވަރު ކަށަވަރުކުރުމުގެ ދާއިރާގައި ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.
އިންޑިއާގެ ޔޫނިއަން މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އިން ވެސް އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް ޑިޖިޓަލް އެފެއާޒް އާއެކު ޑިޖިޓަލް ތަރައްޤީގެ ދާއިރާގައި އެއްބާރުލުމުގެ ފަހުމުނާމާއެއްގައި ސޮއިކުރިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ކަލްޗަރ އާއި އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ކަލްޗަރ އާ ދެމެދު 2025-28 ގެ މުއްދަތަށް ސަޤާފީ އެކްސްޗޭންޖް ޕްރޮގްރާމެއްގައި ވެސް ސޮއިކުރެވުނެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޝަރަފްވެރި މެހުމާނަކީ އިންޑޮނޭޝިއާ ރައީސެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅުގައެވެ.



