ގުޖުރާތު ބަޔޯޑައިވަރސިޓީ ބޯޑުން ވަނީ އެ ސްޓޭޓްގެ ފުރަތަމަ ބަޔޯޑައިވަރސިޓީ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ގުނޭރީ ޓައުންގެ ކަނޑޫފާ ރަސްމީކޮށް ކަނޑައަޅާފައެވެ. މި ކަނޑޫފަލަކީ، 32.78 ހެކްޓަރުގެ ބިމުގައި އޮންނަ އާދަޔާ ޚިލާފަށް ތަފާތު އިކޯސިސްޓަމެކެވެ. އެހެން ކަނޑޫފާތަކަކީ ކަނޑުގެ ސަރަހައްދާ ކައިރީގައި އޮންނަ ކަނޑޫފާތަކެކެވެ. ނަމަވެސް މި ތަން އޮންނަނީ އޮތީ އަރަބި ކަނޑާ 45 ކިލޯމީޓަރު ދުރުގައެއެވެ. އަދި ކޮރީ ކްރީކާއި 4 ކިލޯމީޓަރު ދުރުގަ އެވެ.
އައްސޭރިފަށުގެ ކަނޑޫފާތަކާ ޚިލާފަށް ގުނޭރީގެ ކަނޑޫފާ އަކީ ޗަސްކަމެއް ނެތް ތަނެކެވެ. އެހެންވެ މިތަން ވެފައި ވަނީ މިއީ އިންޑިއާގެ އެންމެ އާދަޔާ ހިލާފު ކަނޑޫފާއަށެވެ.
ކަނޑޫފާތަކަކީ، ޖައްވުން ގިނަ އަދަދެއްގެ ކާބަން ޑައިއޮކްސައިޑް ދަމައިގަންނަ ނިޒާމެކެވެ. އަދި ގުދުރަތީ ކާބަން ދަމައިގަންނަ ނިޒާމުގެތެރޭގައ ކަނޑޫފާތައް ހިމެނެއެވެ.
މުޅި އިންޑިއާގައި 4،991.68 އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި ކަނޑޫފާތައް ހެދިފައި ވެއެވެ.
ކަނޑޫފާތަކަކީ، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. ފުނުގައި ކާބަން ރައްކާކުރުމުގެ ގާބިލްކަން ހުރުމުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ކަނޑޫފާއަކީ ކޮންމެހެން ބޭނުންތެރި ވަސީލަތެކެވެ.







