އިންޑިއާއިން 144 އަހަރަކުން އެއްފަހަރު ބާއްވާ މަހާކުމްބް މޭލާގައި އިންޑިއާގައި އެމްބަސީތައް ހުޅުވާފައިވާ 77 ގައުމެއްގެ 118 ޑިޕްލޮމެޓުން އިއްޔެ ބައިވެރިވެ ވަޑައިގެންފިއެވެ.
އިންޑިއާއިން ބަލާފައި ވަނީ ދުނިޔޭގެ އެންމެ ގަދީމީ ހަޟާރަތުގެ އިހުސާސް ބޭރުގެ ޑިޕްލޮމޭޓުންނަށް ދޭށެވެ. ގިނަ ބަޔަކަށް މިއީދުގައި ބައިވެރިވުން ވެފައި ވަނީ ހަނދާނަށް ދަމަހައްޓާނެ ތާރީޚީ ކަމަކަށެވެ.
މި އީދުގައި ބައިވެރިވި ބައެއް ޑިޕްލޮމެޓުން ބުނެފައި ވަނީ ކޮންމެ 144 އަހަރަކުން އެއްފަހަރު ބާއްވާ މަހާ ކުމްބް މެލާ އަކީ އީދަކަށް ވުރެން މާ ބޮޑު ކަމެއް ކމަށެވެ. އަދި އެއީ މިހާތަނަށް ދަމަހައްޓާފައިވާ ބޯދާ ޙަޟާރަތުގެ ބަޔަކަށް ހެކިވުމުގެ އަމަލެކެވެ.
ޑިޕްލޮމެޓުން ބައިވެރިވި ދުވަހުގެ ކުރީ ދުވަހު 5.42 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގަންގާ ކޯރުން ފެންވަރާފައެވެ.
ޖެނުއަރީ މަސް ނިމުނުއިރު 314 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ ރިޗުއަލްގައި ބައިވެރިވެފައެވެ.


