ޕެރިހުގައި ބާއްވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކްޝަން ސަމިޓްގައި ބައިވެރިވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ދައުވަތު ދެއްވައިފިއެވެ.
އިންޑިއާއިން ވަނީ އެ ދައުވަތު ގަބޫލުކޮށްފައެވެ. އިންޑިއާއިން ބުނަނީ އެއީ، އޭއައި ޑިވެލޮޕްމަންޓާއި އަދި ގައުމުތައް ގުޅިގެން މަސއްކަތް ކުރުމަށް ދޭ ސަމާލުކަން އިތުރުވަމުންދާ ކަމުގެ އިޝާރާތެއް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ އިންޑިއާގެ އަމިއްލަ އޭއައިގެ އިސްނެގުމެއް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ. "އަޅުގަނޑުމެންގެ (މަބް) ޕްރޮގްރާމް އެބައޮތް، އަދި އަޅުގަނޑުމެން ބޭނުންވަނީ އެކަން އިތުރަށް ތަރައްގީ ކުރަން. އެ ގޮތުން ޓެކްނޮލޮޖީގެ އެއްބާރުލުމާއި މި އެންގޭޖްމަންޓްތައް ހަރުދަނާކުރުމާ ގުޅޭ ގޮތުން ބައެއް ޕާޓްނަރުންނާ ކުރިމަގުގައި އިންޑިއާއިން ގުޅޭނެ" ޖައިސްވާލް ވިދާޅުވިއެވެ.
ޕެރިހުގައި މި މަބް ޓެކްނޮލޮޖީގެ މަހާސިންތާ އޮންނާނީ ފެބްރުއަރީ 10-11 އަށެވެ. މި ސަމިޓުގައި ގައުމުތަކުގެ އިސްވެރިންނާއި ގްލޯބަލް ޓެކް ލީޑަރުންނާއި އެކަޑަމިކްސް އަދި މަދަނީ ޖަމިއްޔާތަކުގެ މެމްބަރުން އެއްތަނަކަށް އެއްވެ އޭއައިގެ މުސްތަގުބަލާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އެލިސީ ޕެލަސްގެ ބަޔާނެއްގައިވެ އެވެ .




