އިންޑިޔާ އަކީ ދުނިޔޭގެ ސޯލާ ސުޕަރޕަވަރ

އިއާދަކުރަނިވި ހަކަތައިން އިންޑިއާގެ ލީޑަޝިޕްގެ ސަބަބުން އިންޑިއާއަށް ދުނިޔޭގެ "ސޯލާ ސުޕަޕަވަރ" ގެ ލަގަބު ލިބިފައިވާ ކަމަށް އދ.ގެ މޫސުމީ އިދާރާގެ ވެރިޔާ ސައިމަން ސްޓިލް ވިދާޅުވެ އެވެ. ނިއުދިއްލީގައި ބޭއްވި އީޓީ ގްލޯބަލް ބިޒްނަސް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ސްޓިލް ވަނީ 100 ގިގަވޮޓަށް ވުރެ ގިނައިން ސޯލާ ކެޕޭސިޓީ އިންސްޓޯލްކޮށް، މި މައިލްސްޓޯން އަށް ވާސިލްވެފައިވާ އެންމެ ހަތަރު ގައުމުގެ ތެރެއިން އެއް ގައުމަކަށް އިންޑިއާ ވުމާއި އަދި އެ ރޮނގުން އިންޑިއާ އިން ހޯދި ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

ސްޓިލް ވަނީ 2018 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއިން ރަށްފުށަށް ހަލުވިކަމާއެކު ކަރަންޓް ދިނުމަށާއި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ގެންގުޅެފައިވާ އަމަލީ ސިޔާސަތުތަކަށް ތައުރީފު ކުރައްވާފައެވެ. އޭނާ ވަނީ ސާފު ހަކަތައިގެ ޓެކްނޮލޮޖީއާއި ފެހި ސިނާއީ ތަރައްގީގެ ދުނިޔޭގެ ހަބެއްގެ ގޮތުގައި އިންޑިއާއިން މަގާމު ކަށަވަރުކޮށް، އިގްތިސާދު ގެ ހުރިހައި ދާއިރާއެއްގައި މޫސުމީ ގޮންޖެހުންތަކާ ސްޓްރެޓެޖީތައް ގެންގުޅުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ތަރައްގީވެފައިވާ ގައުމުތަކަށް އެކަށީގެންވާ މާލީ އަދި ޓެކްނޮލޮޖީގެ އެހީތެރިކަން ނުލިބުމަކީ އަދިވެސް ބޮޑު ހުރަހެއްކަން ސްޓިލް ފާހަގަކުރެއްވި އެވެ.

އިންޑިއާއިން ވަނީ 2035 ވަނަ އަހަރުގެ ނިޔަލަށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތި ލުމަށް 300 ބިލިއަން ޑޮލަރުގެ ވައުދެއް ވެފައެވެ.

ސްޓިލް ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ މޫސުމީ ސްޓްރެޓެޖީތައް ފުންކޮށް އިންޓަގްރޭޓް ކުރުމަކީ އިންޑިއާގެ އިގްތިސާދީ ކުރިއެރުމަށް މޫސުމާ ގުޅޭ ސިޔާސަތުތައް ދެމެހެއްޓެނިވި ތަރައްގީގައި ހިމަނައިގެން ދުނިޔޭގެ ބެންޗްމާކެއް ކަނޑައެޅުމަށް ބާރަކަށް ވާނެ  ކަމެކެވެ.

ހިއްސާ ކުރައްވާ!