މޮދީ މޮރިޝިއަސްއަށް ވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރެއްގައި އަންގާރަ ދުވަހު މޮރިޝަސްއަށް ވަޑައިގެންފި އެވެ. މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ޗަންދްރާ ރަމްގޫލާމްގެ ދައުވަތަށް މޮރިޝަސްގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ޝަރަފްވެރި މެހެމާނެއްގެ ގޮތުގަ މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅަކީ މީގެ ދިހަވަރަކަށް އަހަރު ކުރިން މޯދީ އުފެއްދެވި ގުޅުންތަކުގެ މައްޗަށް ބިނާކޮށްފައިވާ ދަތުރެކެވެ. 1998 ވަނަ އަހަރު ބީޖޭޕީގެ ނޭޝަނަލް ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން މޮކާގައި ބޭއްވި ބައިނަލްއަގްވާމީ ރާމާޔަނާ ކޮންފަރެންސްގައި ވާހަކަ ދެއްކެވުމަށް މޮދީ އެގައުމަށް ފުރަތަމަ ޒިޔާރަތް ކުރެއްވިއެވެ.

އެ ދަތުރުގައި އޭރުގެ ރައީސް ކަސަމް އުޓިމް އާއި ބޮޑުވަޒީރު ރަމްގޫލަމް ފަދަ ލީޑަރުންނާ ބައްދަލުކުރެއްވިއެވެ.

"އިންޑިއާ އާއި މޮރިޝަސް ދެމދު އޮންނަނީ ބަދަހި ގުޅުމެއް،" މީގެ 27 އަހަރު ކުރިން ނަރެންދުރަ މޯދީ އެގައުމަށް ޒިޔާރަތް ކުރެއްވި އިރު ލިޔުއްވިއެވެ.

މޯދީ ބުދަ ދުވަހު ރަމްގޫލާމް އާއި އެހެން ލީޑަރުންނާ އެކު ބާއްވާ ދެގައުމުގެ މަޝްވަރާތަކުގައި އިގްތިސާދީ އަދި ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރުމަށް ސަމާލުކަން ދެއްވާނެއެވެ. މޯދީއަށް މި ދަތުރުފުޅަކީ ޑިޕްލޮމެޓިކް މިޝަނެއްގެ އިތުރުން އިންޑިއާގެ ޙަޟާރާ ފެތުރިފައިވާ އެފްރިކާގެ ބައްރުގެ ޤައުމަކަށް އަލުން ކުރައްވާ ދަތުރެކެވެ.

ހިއްސާ ކުރައްވާ!