ސްލޮވީނިއާ ބަނދަރާ ގުޅިގެން ލޮޖިސްޓިކްގެ ދާއިރާ ހަރުދަނާ ކުރަނީ

އިންޑިއާ-މެދު އިރުމަތީ-ޔޫރަޕް އިކޮނޮމިކް ކޯރިޑޯ (އައިއެމްއީސީ) ގައި ބައިވެރިވާން ޝައުޤުވެރިވާކަމަށް، ސްލޮވޭނިއާ އިން ބުނެފިއެވެ. އިންޑިއާއަށް މެދުތެރޭ ޔޫރަޕާއި އިރުމަތީ ޔޫރަޕްގެ މާކެޓްތަކާ ދެމެދު މުހިންމު ވިޔަފާރީގެ ގުޅުމެއްގެ ގޮތުގައި ސްލޮވީނިއާގެ ޕޯޓް ކޮޕަރއަށް ހަރަކާތެތރި ވެވޭނެއެވެ.

ސްލޮވޭނިއާގެ ފޮރިން މިނިސްޓަރު ޓަންޖާ ފަޖޮން ވަނީ ނިއުދިއްލީގައި ބޭއްވި ރައިސިނާ ޑައިލޮގް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ވިޔަފާރީގެ ސްޓްރެޓެޖިކް ލޮޖިސްޓިކްސް ހަބެއްގެ ގޮތުގައި ޕޯޓް ކޮޕަރ ބޭނުން ކުރުމަށް ފުރުސަތު އޮތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ފަޖޮން ފާހަގަކުރެއްވި ގޮތުގައި ސްލޮވޭނިއާ، އައިއެމްއީއީސީގައި ހިމެނުމުން ކަނޑުގެ ދަތުރުފަތުރާއި އަދި ރޭލު ގުޅުންތައް އެއްކޮށްލައިގން މަލްޓިމޯޑަލް ކޯރިޑޯތައް ބޭނުންކޮށްގެން ސުއޭޒް ކެނަލް ގެ ބަދަލުގައި ބޭނުން ކުރާ ވިޔަފާރީގެ ބަދަލު މަގެއް ކަމުގައި ވެގެން ދާނެ ކަމަށެވެ.

"އައިއެމްއީސީއާ އެއްގޮތަށް، ޕޯޓް ކޮޕަރުން މިހާރު ވެސް ވަނީ މުހިންމު ބަނދަރުތަކާ ސީދާ ގުޅުން ގާއިމްކޮށްފައި،" ފަޖޮން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން އިގްތިސާދު ކުރިއެރުވުމާއި، ދުނިޔޭގެ ސަޕްލައި ޗޭންތަކުގައި ސްލޮވޭނިއާގެ ދައުރު އިތުރުވެ ގެން ދާނެއެވެ.

ޕޯޓު ކޮޕަރަކީ، 300 މިލިއަން ކޮންސިއުމަރުންގެ މާކެޓަކަށް ހިދުމަތްދޭ ޕޯޓެކެވެ.

އެ ބަނދަރާއި އިންޑިއާއާ ދެމެދު ސީދާ ޝިޕިން ލިންކެއް ގާއިމް ކުރުމަށް އަހަރުތަކެއް ވަންދެން މަސައްކަތް ކުރަމުން ގޮސްފައި ވެއެވެ. އަދި ސްލޮވޭނިއާ މެދުވެރިކޮށް ޔޫރަޕްގެ މާކެޓްތަކަށް ފުޅާވުމަށް އިންޑިއާގެ ކުންފުނިތަކުގެ ޝައުގުވެރިކަން ބޮޑުވަމުންދާކަން ފާހަގަ ކުރެވެއެވެ.

ޓެކްނޮލޮޖީ ޓްރާންސްފާ ކޮށް އެއްބަޔަކު އަނެއްބަޔަކަށް ބާޒާރަށް ވަދެވޭ ގޮތަށް އެހީތެރިވުމުގެ މަގުސަދުގައި އިންޑިއާއާ އެކު 2024 ވަނަ އަހަރު  ވަނީ ސައިޓް (ސައިންސް އިނޮވޭޝަން ޓެކްނޮލޮޖީ އިކޮނޮމީ) އިނިޝިއޭޓިވް އެއްވެސް ފަށާފައެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އީޖާދީ ވިސްނުމުން ހަކަތަ ލިބޭ އިންވެސްޓްމަންޓްތަކަށް އިސްކަންދޭން،" ރައީސީނާ ޑައެލޮގްގައި ވާހަކަ ދައްކަވަމުން ފަޖޮން އިތުރަށް ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!