ޕާކިސްތާންގައި ހިންގަމުން ގެންދާ ޓެރަރިސްޓް ހަމަލަތަކުގައި ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ.
މާޗް 16 ވަނަ ދުވަހު ނޮޝްކީގައި ސަލާމަތީ ފަރާތްތަކުން ދަތުރު ކުރަމުންދިޔަ ގާފިލާއަކަށް ބޮމުގެ ހަމަލައެއްދީ، ސިފައިންގެ ފަސް އޮފިސަރުން މަރާލައި ދިހަވަރަކަށް މީހުން ޒަހަމް ކޮށްލިއެވެ. ބަލޫޗީންނާއި އެހެން ޓެރަރިސްޓް ޖަމާއަތްތަކުގެ ހަމަލަތަކަށް ހުއްޓުމެއް ނެތެވެ. އެމީހުންގެ ހަމަލަތައް އަމާޒު ކުރަމުން ދަނީ ސިފައިންނާއި ފުލުހުންނަށެވެ.
ބަލޫޗީންގެ މައްސަލައަކީ، އެންމެ ގުރުދަތީ މައުދަންތައް މުއްސަނދި ޕްރޮވިންސްގައި ވަސީލަތްތަކުގެ ފައިދާ އެ ދަރަހައްދުގެ މީހުންނަށް ނުލިބުމެވެ. ބަލޫޗީންގެ ހަރަކާތަކީ ގައުމީ ހަރަކާތެކެވެ. އެމީހުން ޕާކިސްތާން ދައުލަތާ ދެކޮޅަށް ނުކުމެފައި ވަނީ 2000 ވަނަ އަހަރުން ފެށިގެންނެވެ. އަދި މި ހަނގުރާމަވެރިންގެ ތެރޭގައި ހިމެނެނީ، ގަބީލާތަކުން ނަގާފައިވާ ބަޔެކެވެ.
މީގެ ކުރިން ބަލޫޗީން ދީފައިވާ ހަމަލަތަކަށް ބަލާއިރު، އޮގަސްޓް 2024 ގައި ހައިވޭތަކާއި ރޭލް ލައިންތަކަށް ދިން ހަމަލާގައި 70 މީހުން މަރާލި ހާދިސާ ފާހަގަ ކުރެވެއެވެ. އަދި ނޮވެމްބަރު މަހު ކުއެޓާ ސްޓޭޝަން ގޮވާލުމުގައި 32 މީހުން މަރުވި ހާދިސާވެސް ފާހަގަ ކުރެވެއެވެ. އެމީހުން ގެންގުޅޭ ހަތިޔާރުތަކަކީވެސް ފަހުގެ ހަތިޔާރުތަކެވެ. އޭގައި އޭކޭގެ ރައިފަލްތަކާއި އަފްޣާނިސްތާންގައި އެމެރިކާއިން ދޫކޮށް ދިޔަ ބަރު ހަތިޔާރު ހިމެނެއެވެ.
ބަލޫޗީ ޓެރަރިސްޓުން ވަނީ ޕާކިސްތާން ސަރުކާރުން ކުރިއަށް ގެންދާ ކޮންމެ އޮޕަރޭޝަނަކަށް ބަދަލު ހިފުމަށް ހަމަލައެއް ދީފައެވެ.
ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސް، ބަލޫޗިސްތާނަކީ، ގޭހާއި ރަނާއި ލޮއެ ފަދަ މައުދަންތަކުން ފުރިފައިވާ ޕްރޮވިންސެކެވެ. އާދީގެ 15 މިލިއަން މީހުން ހިމެނޭ މި ޕްރޮވިންސަކީ އެންމެ ފަގީރު ޕްރޮވިންސެވެ. ސިއްޙީ ފަރުވާއާއި ލިޔަންކިޔަން ދަތުން އުޅެނީ އިންތިހާއަށް ދަށުގައެވެ. ވަޒީފާތައް އުފެއްދައިފައެއް ނެތެވެ.
މިއީ ޗައިނާގެ 65 ބިލިއަން ޑޮލަރުގެ ބެލްޓް އެންޑް ރޯޑް ހުރަސްކުރަ ސަރަހައްދެވެ.





