އިންޑިއާގައި ހެދި އުސްކޮށް ތިރި ކުރެވޭ ބްރިޖު ހުޅުވައިފި

އިންޑިއާގެ ޓެމިލްނާޑޫގެ ޕާލަކް ކަނޑުއޮޅީގައި އަލަށް ހަދާފައިވާ ބްރިޖަކީ،  އެ ބްރިޖުގެ ދަށުން ކަނޑު އުޅަނދުތަކަށް ދަތުރުކުރުމަށް ބްރިކު އުސްކޮށް ތިރިކޮށް ހެދޭ ގޮތަށް ހަދާފައިވާ ބްރިޖެކެވެ. މި ބްރިޖު މަތިން ރޭލާއި އެއް ގަމު އުޅަނދު ދަތުރު ކުރެއެވެ. މިއީ މީގެ 110 އަހަރު ކުރިން ހަދާފައިވާ ބްރިޖެއް ބާވުމުން އޭގެ ބަދަލުގައި ހަދާފައިވާ ބްރިޖެކެވެ. މުޅި ބްރިޖުގެ ދިގުމިނަކީ، 2،070 މީޓަރެވެ.

މި ބްރިޖުގައި ރޭލުތައް ގަޑިއަކު 75 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާނެއެވެ. އަދި ގަޑިއަކު 230 ކިލޯމީޓަރުގެ ބާރުމިނުގައި ލައިގަންނަ ތޫފާނާއި ލޮނަށް ކެތް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ބްރިޖުގައި ސްޓެއިންލެސް ސްޓީލް، ބޭނުން ކޮށްފައި ވަނީ ޚާއްސަ ކޯޓެއް ދުއްވައިގެންނެވެ.

މި ބްރިޖުގެ އިންޖިނިއަރންގެ އެންމެ ޚާއްސަ ކަމަކީ ބްރިޖު އުސްކޮށް ތިރި ކުރެވުމެވެ.

އިންޑިއާގެ ރޭލު ކުންފުނި، ރޭލް ވިކާސް ނިގަމް ލިމިޓެޑް (އާރުވީއެންއެލް) އިން 550 ކްރޯޑް ރުޕީސް (66 މިލިއަން ޑޮލަރު) ހަރަދުކޮށްގެން ހަދާފައިވާ މި ބްރިޖުގައި 72.5 މީޓަރުގެ ބައެއް އުފުލުމަށް ލިފްޓް ހަރުކޮށްފައި ވެއެވެ. އާގު ބޯޓުގެ ދަތުރުތަކަށް މި ލިފްޓް ބޭނުން ކޮށްގެން މިި ބައި މިނިޓްތަކެއްގެ ތެރޭގައި 17 މީޓަރު މައްޗަށް އުފުލާލެވޭނެއެވެ.

އިންޑިއާގެ މައި ފަސްގަނޑާއި ރާމޭޝްވަރަމް ގުޅުވައިދޭ މި ބްރިޖު ހުރަސް ކުރުމަށް ކުރިން ނެގި 25 މިނެޓް މިހާރު ވަނީ 5 މިނެޓަށް ކުރު ކުރެވިފައެވެ.

ޒަމާނީ އިންޖިނިއަރިންގެ އަޖައިބު ކުރުވަނިވި މަސައްކަތެއްގެ ގޮތުގައި މީގެ ކުރިން، އިންޑިއާގެ އެފްކޮން ކުންފުނިން ވަނީ ދުނިޔޭގެ އެންމެ އުހުގައި ހަދާފައިވާ ރޭލްވޭ ބްރިޖުވެސް މިއަހަރުގެ ފެބްރުއަރީ މަހު އިފްތިތާހު ކޮށްފައެވެ.

ހިއްސާ ކުރައްވާ!