ޓެރަރިޒަމްއާ ހެދި ޕާކިސްތާނުން ބަލޯޗިސްތާންގައި އޮޕަރޭޝަން ވަރުގަދަ ކޮށްފި

ޕާކިސްތާނުގެ ޖާސޫސީ އިދާރާތަކާއި ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ) އިން ވަނީ ރޭ ދަންވަރު ކުއެޓާގެ ކެލީ ގަމްބަރާނީގައި ހުންނަ ބަލޮޗް ޔަކްޖެހްތީ ކޮމިޓީ (ބީއައިސީ) ގެ އެކްޓިވިސްޓް ބީބޯ ބަލޮޗްގެ ގެއަށް ރެއިޑް ކޮށްފަ އެވެ. އަދި މި ރެއިޑްގައި އެމީހުން ގަދަކަމުން ގެންދިޔައީ ބަލޯޗްގެ ބައްޕަ ބޮޑު ބޭބެ ޣަފަރު ޤަމްބަރާނީއެވެ.

ބީއައިސީން ބުނީ ޣަފަރު ޤަމްބަރާނީއަކީ އިސް އެކްޓިވިސްޓެއް ކަމަށާއި މީގެ ކުރިން ވެސް ސަރުކަރު އިދާރާތަކުން އޭނާ ތަހުގީގަށ ގެންގޮސްފައިވާ ކަމަށެވެ. ބީބޯ ބަލޫޗް ވަނީ ބީއައިސީގެ ލީޑަރު މަހްރަންގް ބަލޫޗްއާ އެކު ހުއްޑާ ޖަލުގައި ބަންދުކޮށްފައެވެ. ނަމަވެސް މަހްރަންގް ބަލޫޗު ވަނީ މިނިވަން ކޮށްފައެވެ. އަދި އެހެން އެކްޓިވިސްޓެއް ކަމަށްވާ ސަބީހާ ބަލޫޗް ވެސް ބުނެފައި ވަނީ އޭނާގެ ބައްޕަ ގެންގޮސްފައިވާއެވެ. އެ ގްރޫޕުން މިކަން ސިފަ ކުރަނީ އެމީހުން ހިމޭން ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ޕާކިސްތާން ސިފައިންނާއި ފުލުހުން ވަނީ ބަލޫޗިސްތާންގައި އޮޕަރޭޝަންތައް ވަރުގަދަ ކޮށްފައެވެ.

ހިއްސާ ކުރައްވާ!