އިންޑިއާގެ ޑިފެންސް މިނިސްޓްރީން މިއަދު ބުނީ އަލަށް ޓެސްޓްތައް ފުރިހަމަ ކުރުމާއެކު ގައުރަވް މިސައިލް އިންޑިއާގެ ވައިގެ ސިފައިންގެ ޚިދުމަތަށް ނެރޭނެ ކަމަށެވެ. މިއީ އެތައް ވައްތަރެއްގެ ވޯހެޑް ހަރުކޮށްގެން ބޭނުން ކުރެވޭ ވައްތަރުގެ މިސައިލެކެވެ. ގަވްރަވްއަށް މަގު ދައްކައި ދޭނީ އޭގައި ހިމެނޭ ޖީޕީއެސް އާ ގުޅޭ ނެވިގޭޝަން ސިސްޓަމަކުންނެވެ.
އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޑީއާރުޑީއޯ) އިން ވަނީ އެ ގައުމުން އަމިއްލައަށް އުފައްދާފައިވާ 1،000 ކިލޯ މީޓަރުގެ ދިގު ރާސްތާ އަށް ދަތުރު ކުރާ ޚާއްސަ ވައްތަރެއްގެ ގްލައިޑް މިސައިލް ޓެސްޓު ކޮށްފައެވެ. ގައުރަވްގެ ނަމުން ނަން ދީފައިވާ މި މިސައިލަކީ، އިންޑިއާގެ ވައިގެ ސިފައިންގެ ސުޚޯއީ-30 މަތިންދާބޯޓުން ފޮނުވާލާ ވައްތަރުގެ މިސައިލެކެވެ. ޓެސްޓްގައި މި މސައިލް ވަނީ 100 ކިލޯމީޓަރުގެ ދުރުމިނުގައި އޮތް އަމާޒުފަތްގަނޑަކަށް ސީދާކޮށް ހަމަލަ ދީފައެވެ. ގައުރަވް މިސައިލް އެންމެ ފުރަތަމަ ޓެސްޓްކުރީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.






