އިޓަލީން އިލްމީ ދިރާސާގެ ދާއިރާއިން އިންޑިއާއާ ގުޅުން ބަދަހި ކުރަނީ

އިޓަލީގެ ބޮޑުވަޒީރުގެ ނާއިބް އަދި ޚާރިޖީ ވަޒީރު އަންޓޯނިއޯ ތަޖާނީ، އިންޑިއާއަށް ކުރެއްވި ދަތުރުގައި މުހިންމު ދާއިރާތަކުން ބޮޑު ވަފްދެއް ބައިވެރިކޮށްފައި ވެއެވެ. އޭގެ ތެރޭގައި، ޔުނިވަރސިޓީތަކާއި ރިސާޗްގެ ދައިރާގެ ވަޒީރު އަންނާ މަރިއާ ބަރނީނީ އާއި ވިޔަފާރިތަކާއި، ޔުނިވަރސިޓީތަކާއި، ރިސާޗް އިންސްޓިއުޓްތަކުގެ ވަފުދެއް ބައިވެރި ވެފައި ވެއެވެ.

މި ޒިޔާރަތުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު ވަނީ ނިއު ދިއްލީގައި ތަޖާނީއާއެކު ވަފުދު ފެންވަރުގެ މަޝްވަރާތަކެއް ބާއްވަވާފައެވެ. މި މަޝްވަރާތަކުގައި 2025-29 ގެ ޖޮއިންޓް ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ޖޭއެސްއޭޕީ) ގެ ދަށުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އިސްކަން ދޭ ދާއިރާތައް ފާހަގަކޮށްފައި ވެއެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ދިފާޢާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއާއި، ފަޒާއާއި ސައިންސައި، ޓެކްނޮލޮޖީ އަދި ސާފު ހަކަތައާއި، ސަގާފަތް، އަދި ރައްޔިތުންގެ ފެންވަރުގެ ގުޅުމުގެ މައްޗަށް މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ.

މިކަންކަމުގެ އިތުރުން ދެ ގައުމުން އިތުރަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްޓަކައި، ދެ ވަޒީރުން ވަނީ އާޓިފިޝަލް އިންޓެލިޖެންސާއި ސައިބަރ، އަދި ޓެލެކޮމްގެ ދައިރާއާއި ޑިޖިޓަލް ޓެކްނޮލޮޖީއާއި އިއާދަކުރަނިވި ހަކަތައައި، ބަޔޯފިއުލްސް، ތަޢުލީމު، އަދި ޒުވާނުންގެ މޮބިލިޓީގެ ދާއިރާތަކުގައި ހުރި ފުރުޞަތުތަކަށް ވެސް ބައްލަވާލައްވައި ފައެވެ.

އިޓަލީން ވަނީ، އިންޑިއާ-މެދުއިރުމަތި-ޔޫރަޕް އިކޮނޮމިކް ކޮރިޑޯ (އައިއެމްއީއީސީ) އަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދދޭން ނިންމާފައެވެ. އަދި މި މަޝްރޫޢަށް އިޓަލީން ޚާއްޞަ މަންދޫބެއް ޢައްޔަންކުރުމަށް ނިންމުމުން ޖައިޝަންކަރު އެކަމަށް މަރުޙަބާ ވިދާޅުވިއެވެ. ތަޖާނީ ވަނީ އިންޑިއާގެ ވިޔަފާރިއާ ބެހޭ ވަޒީރު ޕިޔޫޝް ގޯޔަލްއާ ބައްދަލުކުރައްވާފައެވެ. އަދި އޭނާ ވަނީ އިންޑިއާގެ ރައީސް ދްރައުޕަދީ މުރުމުއަށް އިޙުތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ.

މި ޒިޔާރަތުގައި އައު އީޖާދީ ކަންކަމާއި އެކަޑަމިކް ދާއިރާގެ ގުޅުންތަކާއި، އަދި ދެ ޤައުމުން ޖޮއިންޓް ވެންޗަރތައް ކުރިއެރުވުމަށްޓަކައި އިންޑިއާ-އިޓަލީ ބިޒްނަސް، ސައިންސް، އެންޑް ޓެކް ފޯރަމް ތައާރަފް ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!