މީގެ 20 އަހަރު ކުރިން ޖާވިދު ކަރީމް އަޕްލޯޑް ކުރި ވީޑިއޯއަކުން ދުނިޔޭގެ މީހުން ވީޑިއޯ ބަލައި ވީޑިއޯ މެދުވެރިކޮށް މުވާސަލާތު ކުރާ ގޮތް ވަނީ ބަދަލުކޮށްލާފައެވެ. ޖަރުމަންވިލާތުގައި އުފަން ޖާވިދުގެ މަންމައަކީ ޖަރުމަން އަންހެނެކެވެ. ބަޔޯކެމިސްޓްރީ ސައިންޓިސްޓެކެވެ. އޭނާ ސްކޫލު ދައުރުގެ ބޮޑު ބައެއް ފުރިހަމަ ކުރީ މަންމަގެ ގައުމު، ޖަރުމަންވިލާތުގައެވެ. ނަސްލީ ތަފާތު ކުރުމާއި ނާޒީ ފިކުރާ ކުރިމަތިލާން ޖެހުމުން އޭނާއާއި އާއިލާ އެމެރިކާއަށް ހިޖުރަކުރުމުން އޭނާ ތައުލީމު ފުރިހަމަ ކުރީ މިނެސޯޓާ ގައެވެ. މިނެސޯޓާ ޔުނިވާސިޓީން ތައުލީމު ނިންމައި ސްޓެންފޯރޑް ޔުނިވާސިޓީން މަތީ ތައުލީމު ފުރިހަމަ ކުރިއެވެ.
މިހާރު އުމުރުން ފަންސަޔަޅީސް އަހަރުގެ ޖާވިދު މީގެ 20 އަހަރު ކުރިން އަޕްލޯޑް ކުރި ފުރަތަމަ ވީޑިއޯއަކީ މިސްމީޑިއާގެ ވިޜުއަލް މުވާސަލާތަށް އިންގިލާބެއް ގެނަސްދިން ޕްލެޓްފޯމްގެ ފެށުމެވެ. އޭނާ އުފެއްދި ޔޫޓިއުބް ޕްލެޓްފޯމަށް އަޕްލޯޑް ކުރި ފުރަތަމަ ވީޑިއޯއަކީ "އަހަރެން މިހިރީ ޒުލުގައި" ވީޑިއޯއެވެ. މި ވީޑިއޯ 356 މިލިއަން މީހުން މިހާތަނަށް ބަލާފައި ވެއެވެ.
މިއީ ޔޫޓިއުބްގެ ފެށުމެވެ. ޖާވިދް އުފެއްދި ޕްލެޓްފޯމުގެ އިފްތިތާޙި ވީޑިއޯއެވެ. އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ ޕޭޕާލްގައެވެ. އެތާނގައި އޭނާއާ ބައްދަލުވި އެހެން ދެމީހަކާ އެކު އޭނާ ޔޫޓިއުބު ފެށީއެވެ.
ޖާވިދުއާއި ބައިވެރިން ޔޫޓިއުބު ގޫގްލްއަށް ވިއްކާލީ 2006 ވަނަ އަހަރު 1.65 ބިލިއަން ޑޮލަރަށެވެ. ހިއްސާތަކާއެކު ޖާވިދުއަށް ލިބުނު ފައިސާއާއެކު އޭނާގެ މުއްސަދިކަމުގައި 64 މިލިއަން ޑޮލަރު ހިމެނެއެވެ.
ޖާވިދު ކަރީމްގެ ބައްޕައަކީ ބަނގްލަދޭޝް މީހެކެވެ. އޭނާގެ ބައްޕަ ނައީމުލްކަރީމް އަކީ 3އެމް ކުންފުނީގެ ރިސަރޗަރއެއްގެ ވަޒީފާގައި އުޅުނު މީހެކެވެ.
ޖާވިދުއަކީ، އިނގިރޭސި ބަހާއި ޖަރުމަން ބަހާއި، ބަންގާލީ ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކާ މީހެކެވެ.




