ހުރިހައި ދީންތަކުގެ މީހުން އެކުގައި އުޅުމާ ބެހޭ މަހާސިންތާއެއް ރާބިޠާއިން އިންޑިއާގައި ބާއްވަނީ

މސްލިމް ލީގްގެ ސެކްރެޓަރީޖެނެރަލް ޝެއިޚް މުހައްމަދު ބިން އަބްދުލްކަރީމް އަލްއިއްސާ ވަނީ އިންޑިއާގައި ތަފާތު ދީންތަކާއި އަދި އެންމެން ސުލްހަވެރިކަމާއެކު އެކުގައި އުޅުމާ ބެހޭ މަހާސިންތާއެއް އިންޑިއާގައި ބޭވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީއާ މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތައް އޮތީ ޖިއްދާގައި މޮދީ ސައޫދީއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ.

 އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ސައޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި މުސްލިމް ވޯލްޑް ލީގުގެ ސެކްރެޓަރީ ޖެނެރަލް މޮދީއާ ބައްދަލު ކުރައްވައި ކަޝްމީރުގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށް، ވާހަކަ ދައްކަވައި ތައުޒިޔާ ވިދާޅުވިއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ޑޯވަލް ބައިވެރިވެވަޑައިގަތް މި ބައްދަލުވުމުގައި އަލްއިއްސާ ވާހަކަ ދެއްކެވީ ހަރުކަށި ފިކުރާ ދެކޮޅަށެވެ. އަދި މުސްލިމް ވޯލްޑް ލީގުން އިޖުތިމާއީ އެއްބައިވަންތަކަން ކުރިއެރުވުމަށް ކުރާ މަސައްކަތާއި ޓެރަރިޒަމާ ދެކޮޅަށް ގެންގުޅޭ ސިޔާސަތަށް އިންޑިއާއިން ތައުރީފް ކުރާކަމަށް މޮދީވެސް ވިދާޅުވިއެވެ.

މިއީ މޯދީ ސައުދީ އަރަބިއްޔާއަށް ކުރެއްވި ތިން ވަނަ ދަތުރުފުޅެވެ.

 

ހިއްސާ ކުރައްވާ!