މީހުން އުޅެފައި ފަޅުކޮށްލާފައި ދިޔަ ތަންތަން

މީހުން ދިރިއުޅެފައި ކޮންމެވެސް ސަބަބަކާ ހެދި ފަޅަށް ދޫކޮށްލާފައިވާ ތަަންތަން ދުނިޔޭ އެކި ހިސާބުތަކުން ފެނެއެވެ. އެތަންތަނަށް ޒިޔާރަތް ކޮށްލަމާ ބަހީއެވެ.

ކެލިފޯނިއާގެ ބޮޑީ ހިލްސް އިން 1859 ވަނަ އަހަރު ޖުމްލަ 39 މިލިއަން ޑޮލަރުގެ ދަނގަނޑު އުފެއްދިއެވެ. މިތަން އޮންނަނީ ނެވާޑާ ބޯޑަރާއި ކައިރީގައެވެ. ކެލިފޯނިއާގެ ބޮޑީ ހިލްސްގައެވެ. ރަން ކޮނެގެން ހޯދުމުގެ ދުވަސްވަރު އެއީ ރަން ހޯދުމުގެ ދާއިރާއިން މަޝްހޫރު ވި ރަށެކެވެ. 1877 އާއި 1881 އާ ދެމެދު ދިހަހާސް މީހުން ބޮޑީގައި އުޅުނެވެ. މިހާރު ހުރީ ފޅަށް ދޫކޮށްލާފައެވެ.

ޝެންގްޝަން އައިލެންޑް، ޗައިނާގެ ހުވާން:1980 ގެ އަހަރުތަކުގައި މީހުން މިތާނގައި ދިރިއުޅުނެވެ. ހުޓޫވާން އަކީ ޗައިނާގެ ޝަންހާއީގެ އިރުމަތީގައި އޮންނަ މަސްވެރިން އުޅުނު ރަށެކެވެ. އެއީ ޗައިނާގެ ޝެންގްޝާން އައިލެންޑްގެ އުތުރު ފަރާތުގައި 400 ޖަޒީރާއެއްގެ ސިލްސިލާއެއްގެ ބައެކެވެ. މިއަދު އެއީ ފަޅަށް އޮތް  ގަސްގަހާގެހިން ފުރިފައިވާ ތަނެކެވެ. އެއީ ކުއްލިއަކަށް މީހުން ތަނެއް ދޫކޮށް ގޮސްފިނަމަ ވެދާނެ ގޮތް ދައްކައިދޭ ތަނެކެވެ.

ބެލްޖިއަމްގެ ޝާލެރޯއީ އަކީ 1921 ވަނަ އަހަރު އަގު ކަރަންޓު އުފައްދަން ބިނާ ކުރި ތަނެކެވެ. މިތަނުގެ އަގު 500 މިލިއަން ޑޮލަރާއި އެއް ބިލިއަން ޑޮލަރަށް އަރާނެއެވެ. ބެލްޖިއަމްގެ ޝާލެރޯއީ އަކީ އެ ގައުމުގައި ހުރި އެންމެ ބޮޑު ކޯލާ ދެލިއަންދާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ. މިހާރު ހުރީ ފަލަށެވެ.

އިންޑޮނޭޝިއާގެ މަގޭލަންގް އަކީ 1990 ގެ އަހަރުތަކުގައި ބިނާ ކުރި ފައްޅިއެކެވެ. މިތަނުގެ ބިމުގެ އަގު 240،000 ޑޮލަރަށް އަރައެވެ. މިހާރު ފަތުރުވެރިން ބަލާލަން ދާ ތަނެކެވެ. ފަޅު ފައްޅިއެކެވެ.

ޗައިނާގެ ހެންގްޒޯގައި 2007 ގައި ބިނާ ކުރި ޕެރިސް ސިޓީއާއެއް ވައްތަރު ސިޓީއަކީ 30 ބިލިއަން ޑޮލަރުގެ ޓިއަންޑޫޗެންގް ސިޓީއެވެ. މިހާރު ފަޅަށް ހުރި މިސިޓީގައި ޕެރިހުގެ އީފެލް ޓަވަރާ އެއްވައްތަރުގެ ޓަވަރެއްވެސް ހުރެއެވެ. ނަމަވެސް މިއި މިހާރު ފަޅު ސިޓީއެކެވެ.

ޖަރުމަނުގެ ބީލިޓްސް ހޮސްޕިޓަލަކީ 1898 އަހަރު ބިނ ާކުރި ހަސްފަތާލެކެވެ. މިއީ ޓީބީއާއި ފުއްޕާމޭގެ އެހެން ބަލިތަކަށް ފަރުވާ ދިން ތަނެކެވެ. އަދި ފުރަތަމަ ބޮޑު ހަނގުރާމައިގައި ހިޓުލަރަށް ލިބުނު އަނިޔާތަކަށް ފަރުވާދިން ހަސްފަތާލެވެ. މިހާރު ފަޅަށް ދޫކޮށްލާފައިވާ ތަނެކެވެ.

ލިޕަލިސް، ޕޮލެންޑްގެ މި ކިއްލާއަކީ 1979 ވަނަ އަހަރު ބިނާކުރި ކިއްލާއެކެވެ. މިއީ ޕޮލެންޑްގެ ފަންނާނު ޕިއޮޓް ކާޒިމިއާޗެކްގެ ވޯކްޝޮޕެއްގެ ގޮތުގައި ބޭނުން ކުރި ތަނެކެވެ. މިހާރު ފަޅަށް ދޫކޮށްފައިވާ ތަނެކެވެ.

އޯޑޯސް އަކީ، ޗައިނާގެ އިނާ މޮންގޯލިއާގައި 2000 ވަނަ އަހަރުން ފެށިގެން ބިނާ ކުރި އަވަށެކެވެ. 2016 ގައި ނިމުނު އިރު ތަނުގެ އަގަކީ 161 ބިލިއަން ޑޮލަރެވެ. މިހަރު ފަޅަށް އޮތް އަވަށެކެވެ.

މަނެޓިން، ލުކޯވާ، އަކީ ޗެކް ރިޕަބްލިކް ގައި 1352 ވަނަ އަހަރު ބިނާ ކުރި ފައްޅިއެކެވެ. ޗެކް ރިޕަބްލިކްގެ ކުޑަކުޑަ އަވަށެއް ކަމަށްވާ ލުކޯވާ ގެ ފައްޅީގައި ޖަނާޒާއެއްގައި އެތަނުގެ ފުރާޅު ވެއްޓުމުން އެއީ ޖިންނި އުޅޭ ފައްޅިއެއް ކަމަށް ފާދިރީން އެތާ ތެރެއަށް ވަނުން ހުއްޓާލިއެވެ. 1968 ވަނަ އަހަރު ގެ ޖަނާޒާ އަށްފަހު އެތަން ވަނީ ފަޅަށް ދޫކޮށްލާފައެވެ.

ހިއްސާ ކުރައްވާ!