އިންޑިއާ ބޭސް ޕާކިސްތާނަށް ދެނެއް ނުލިބޭނެ

ޕާކިސްތާނުގެ ބޭސް އުފެއްދުމަށް ބޭނުންވާ އަސާސީ މާއްދާގެ 30އާއި 40 އިންސައްތައަކީ އިންޑިއާއިން އަންނަ މާއްދާތަކެކެވެ. ޕަހަލްގާމްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދެ ގައުމުން ވަނީ އާދަޔާ ކިލާފް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ދެ ފަރާތުން އަމަލު ކުރރަމުން ދިޔަ މުއާހަދާތަކަށް އަމަލު ކުރުންވެސް ވަގުތީ ގޮތުން ހުއްޓާލާފައި ވެއެވެ. އަދި ވިޔަފާރީގެ ހުރިހައި ގުޅުންތައް ކަނޑާލާފައެވެ.

ޕާކިސްތާނުން ވަނީ ޗައިނާއާއި ރަޝިޔާއާއި ޔޫރަޕުން އިންޑިއާގެ އިންގްރިޑިއެންޓްސްގެ ބަދަލު ހޯދުމަށް މަސައްކަތް ފަށާފައި ކަމަށް ޖިއޯ ނިއުސްއިން ރިޕޯޓުކޮށްފައި ވެއެވެ. ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން އިއުލާން ކުރި ފިޔަވަޅުތަކާ އެކު ޕާކިސްތާންގެ ބޭހުގެ ސަޕްލައިއަށް އައިސްފާނެ ލޮޅުމަކަށް ތައްޔާރު ވުމަށް ޕާކިސްތާނުން ކުއްލި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. އިންޑިއާގެ ފިޔަވަޅުތަކުން ބޭހުގެ ސަޕްލައިއަށް ކުރާނެ އަސަރާ ބެހޭ ގޮތުން ރަސްމީކޮށް އެއްޗެއް އަންގާފައި ނުވާ ކަމަށް މީޑިއާއިން ރިޕޯޓު ކުރެއެވެ،

ހިއްސާ ކުރައްވާ!