އިންޑިއާއިން ވަނީ ޕާހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެސެޓްތަކާއި އިންފްރާސްޓްރަކްޗަރގެ ސަލާމަތަށްޓަކައި ޕާކިސްތާނުގެ އުޅަނދުތައް އިންޑިއާގެ ބަނދަރުތަކަށް ވަނުން މަނާކޮށްފައެވެ. ޕޯޓްސް، ޝިޕިންގ އަދި ވޯޓަރވޭސް މިނިސްޓްރީން އިޢުލާނުކޮށްފައިވަނީ ޕާކިސްތާނުގެ ދިދަ ޖަހާފައިވާ އުޅަނދުތައް އިންޑިއާގެ ސަރަހައްދަށް ވަނުން މަނާކުރެވިފައިވާ ކަމަށާއި، އިންޑިއާގެ ދިދަ ޖަހާފައިވާ އުޅަނދުތަކަށް ޕާކިސްތާނުގެ ބަނދަރުތަކަށް ވަދެގެން ނުވާނެ ކަމަށެވެ.
މަރޗަންޓް ޝިޕިންގ އެކްޓް، 1958 އާއި އަދި އިންޑިއާގެ ޤާނޫނުއަސާސީއަށް ރިއާޔަތް ކޮށް ނިންމާފައިވާ މި ނިންމުމުގެ މަޤްޞަދަކީ ޤައުމީ މަޞްލަޙަތު ރައްކާތެރިކުރުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާގެ އާގުބޯޓުތަކާއި ދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުމެވެ. މި މަނާކުރުމުގެ މަޤްޞަދަކީ ގުޅުންތައް ގޯސްވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ މުދަލާއި، އުޅަނދުތަކާއި، އާންމު މަޞްލަޙަތު ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ބުނެފައި ވެއެވެ.




